ކުދި ރަށްތަކުގައި ފަސް ކައުންސިލަރުން ކުރާނެ ކަމެއް ނުފެނޭ: މުހައްމަދު އިސްމާއީލް

ކަންކަން ކުރަންވާނީ ދެ ފަރާތަށް ހަމަހަމަ ގޮތަށް ކަމުގައި ވިދާޅުވެ، ކައުންސިލުތަކުން ހިދުމަތްދޭއިރު ކައުންސިލުތަކުން ދޭ ހިދުމަތް ދެވެނީ ކިހަައި ބަޔަކު ކައުންސިލުތަކުގައި ބައިތިއްބައިގެންތޯ ބަލަންޖެހޭ ކަމަށްވެސް މުހައްމަދު ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ފޮޓޯ: މަޖިލިސް

ކުދިކުދި އާބާދީތައް ދިރިއުޅޭ ރަށްތަކުގައި ފަސް ހަ ކައުންސިލަރުން ތިބެގެން ކުރާނެ މަސައްކަތެއް ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލު ވިދާޅުވެއްޖެ އެވެ. 

ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ދިރާސާކޮށް ކޮމިޓީން އެކުލަަވައިލި ރިޕޯޓަށް ބަހުސްކުރައްވަމުން މުހައްމަދު ވިދާޅުވީ 500، 600 މީހުންގެ އާބާދީ އޮންނަ ކުދިކުދި ރަށްރަށުގައި ފަސް ކައުންސިލަރުން ބައިތިއްބައިގެން އެ ކައުންސިލަރުން ކުރާ ކަމެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. 

އަދި އާބާދީ ބޮޑެތި ސިޓީތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލުގައި 18 ވަރަކަށް މެންބަރުން ތިއްބަވާއިރު އެ ބޭފުޅުންނަށް ދައުލަތުން ކުރާ ހަރަދާއި އެ ބޭފުޅުންގެ ފަރާތްޕުޅުން ލިބޭ ހިދުމަތް އެއްވަރުތޯ ސުވާލު އުފެދޭކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކޮންމެ ކަމެއްވެސް ކުރަންވާނީ ދެ ފަރާތަށް ހަމަހަމަ ގޮތަށް ކަމުގައި ވިދާޅުވެ، ކައުންސިލުތަކުން ހިދުމަތްދޭއިރު ކައުންސިލުތަކުން ދޭ ހިދުމަތް ދެވެނީ ކިހަައި ބަޔަކު ކައުންސިލުތަކުގައި ބައިތިއްބައިގެންތޯ ބަލަންޖެހޭ ކަމަށްވެސް މުހައްމަދު ވިދާޅުވި އެވެ. 

އަދި މިހާރު އޮތް ގޮތަށް ކުދިކުދި ރަށްތަކުގައި ގިނަ އަދަދެއްގެ ކައުންސިލަރުން ތިބޭ ގޮތަށް ލާމަރުކަޒީ ނިޒާމު ބައްޓަންކޮށްފައި އޮންނަނީ ރަށްރަށުގައި އުޅޭ ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުންނަށް ދައުލަތުގެ މަގާމުތައް ހޯދައިދީ ބޮޑެތި މުސާރަތައް ލިބޭނެކަން ކަށަވަރުކުރަން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. 

އެގޮތުން އޭނާ ފާހަގަކުރެއްވީ ކުރިން ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލުތަކުގެ މެންބަރުންގެ އަދަދު މަދުކުރި ކަމަށެވެ. ނަމަވެސް ފަހުން އެ އަދަދު ކުރިން އޮތް ގޮތަށް އެމްޑީޕީން ރުޖޫއަކުރީ ޕާޓީތަކުގެ އެކްޓިވިސްޓުންނަށް ދައުލަތުން ފައިސާ ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.