ކުދި މެދުފަންތީގެ ވިޔަފާރިތަކަށް މަސް ބަންދުކުރާ ފެސިލިޓީއެއް ހަދަނީ

އާ ފެސިލިޓީއެއް ގާއިމް ކުރަނީ މަސް އެކްސްޕޯޓް ކުރުމަށް ފުރުސަތުތައް ހޯދައިދީ މަސްވެރިކަމުގެ ސިނާއަތުން ވީހާވެސް ގިނަ ބަޔަކަށް ނަފާ ހޯދައިދޭށެވެ.

މަސްވެރިކަން އިތުރަށް ފުޅާ ކުުރުމަށް ތަފާތު މަސައްކަތްތައް ސަރުކާރުން ވަނީ ރާވާފައި -- މިރާ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މަސް އެކްސްޕޯޓް ކުރަން ޕެކިން ފެސިލިޓީއެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރީން ބުނެފި އެވެ. -- ޕެކިން ފެސިލިޓީ އަޅަނީ މާލޭ ސަރަހައްދުގެ ހުޅުމާލޭގަ އެވެ. 

ސަރުކާރު މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ފިޝަރީޒް މިނިސްޓަރީގެ ޑިރެކްޓަރ ޖެނެރަލް ޑރ. ހުސައިން ސިނާން ވިދާޅުވީ އެ ފެސިލި އަޅާނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) ގެ އެހީގައި ކަމަށާއި އެކަމަށް ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. 

ސިނާން ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މިހާރު ޖެހެނީ މަސް އެކްސްޕޯޓް ކުރާ އަމިއްލަ ކުންފުނިތަކުގެ އެހީ ހޯދަން ކަމަށާއި ފެސިލިޓީއެއް ގާއިމް ކުރި ނަމަވެސް އޮޕަރޭޝަންތައް ކުރިއަށް ގެންދަން މަސް އެކްސްޕޯޓުކުރާ ފަރާތްތަކުގެ ހިއްސާ އޮންނަ ފަރާތަކަށް / ޔޫނިއަންއަކަށް ދޭނެ ކަމަށެވެ. 

މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތޮލިބް ވިދާޅުވީ ރާއްޖޭން މަސް އެކްސްޕޯޓް ކުރާ ފަރާތްތަކުގެ ތެރެއިން ކުދި ވިޔަފާރިތަކަށް އޮތް ފުރުސަތު ވަރަށް ހަނި ކަމަށާއި އެފަރާތްތަކަށް ފެސިލިޓީއެއް ގާއިމް ކުރަނީ މަސް އެކްސްޕޯޓް ކުރުމަށް ފުރުސަތުތައް ހޯދައިދީ މަސްވެރިކަމުގެ ސިނާއަތުން ވީހާވެސް ގިނަ ބަޔަކަށް ނަފާ ހޯދައިދޭން ކަމަށެވެ. 

"އަމިއްލަ ކުންފުނިތަކުން އެފަދަ ފަރާތްތަކަށް އެކްސްޕޯޓް ކޮށްދޭނަމަ ވަރަށް ބޮޑު ޑިޕޮސިޓެއް ބަހައްޓަން ޖެހޭ." މުއްތޮލިބު ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.