ބީއެމްއެލްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ބޭންކުގެ ޕީއޯއެސް ހިދުމަތްތަކަށާއި އޭޓީއެމް އަދި އިންޓަނެޓްއާއި މޯބައިލް ބޭންކިން ހިދުމަތްތަކަށް، ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބުރޫއަރަމުންދާ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކަކަށް ބުރޫއަރައިފިކަން އެ ކުންފުނިން ހާމަކޮށްފި އެވެ.
ބީއެމްއެލްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ބޭންކުގެ ޕީއޯއެސް ހިދުމަތްތަކަށާއި އޭޓީއެމް އަދި އިންޓަނެޓްއާއި މޯބައިލް ބޭންކިން ހިދުމަތްތަކަށް، ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބުރޫއަރަމުންދާ ކަމަށެވެ.
ނަމަވެސް ބީއެމްއެލްގެ ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑުތަކާއި އެހެން ބޭންކުތަކުން އިޝޫކޮށްފައިވާ ކާޑުތައް ބޭނުންކޮށްގެން ބީއެމްއެލްގެ ޕީއޯއެސްގެ ހިދުމަތްތައް ކަސްޓަމަރުންނަށް ހޯދޭނެ ކަމުގައިވެސް ބޭންކުން ބުނެފަައިވެ އެވެ.
ބީއެމްއެލްއިންވަނީ އެ ކުންފުނީގެ ހިދުމަތްތަކަށް ބުރޫއެރުމާ ގުޅިގެން ކަސްޓަމަރުންނަށް ކުރިމަތިވާ ދަތިތަކާ ގުޅިގެން މައާފަށް އެދިފަ އެވެ.
މިއަދު ހެނދުނު ބީއެމްއެލްއިންވަނީ އެ ބޭންކުގެ އިންޓަނެޓް ބޭންކިން ހިދުމަތްތަކަށް ބުރޫއަރާފައިވާކަން ހާމަކޮށް އެ މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުންދާކަމަށް ބުނެފަ އެވެ.
ބޭންކުގެ ގިނަ ހިދުމަތްތަކަށް ބުރޫއަރާފައިވާއިރު، މިދިޔަ ހަފުތާގައި ބައެއް އެކައުންޓްތަކަށް ގިނަ އަދަދުތަކުން ފައިސާ ޖަމާ ކުރެވުމުގެ މައްސަލައެއް ފެންމަތިވި އެވެ. ބޭންކުން ބުނީ އެ މައްސަލަ ދިމާވީ މުވައްޒަފަކަށް ހެދުމުގެ ގޯހެއް ނުވަތަ "ހިއުމަން އެރާ"އެއްގެ ސަބަބުންނެވެ. މިހާރު ބޭންކުން ވަނީ ބޮޑެތި އަދަދުތަކުން ފައިސާ ޖަމާ ކުރުމުގެ ހިދުމަތަށްވެސް ބަދަލުތަކެއް ގެނެސްފަ އެވެ.
ރާއްޖޭގައި ހައެއްކަ ބޭންކް ހުރިނަމަވެސް ރައްޔިތުންނަށް ހިދުމަތް ދެނީ ބީއެމްއެލް އެކަންޏެވެ. އެހެން ބޭންކްތަކުން ހަމައެކަނި ހިދުމަތް ދެނީ ބޮޑެތި ވިޔަފާރިތަކަށެވެ. އަދި އެ ބޭންކްތަކުން މުޅިރާއްޖޭގައި ހިދުމަތް ފުޅާވެސް ނުކުރެ އެވެ.