ހަނީޔާ ހުންނެވި މަގާމަށް ޔަހުޔާ ސިންވާރު ހަމަޖައްސައިފި

ސިންވާރު އެ މަގާމަށް އައްޔަންކޮށްފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އިސްމާއީލް ހަނީޔާ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އޭނާ އަވަހާރަކޮށްލީ އީރާނުގެ ވެރިރަށް ތެހެރާނުގައި ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ.

ހަމާަސްގެ އައު ލީޑަރު ޔަހްޔާ ސިންވާރު

ޣައްޒާގައި ހުންނަވާ ޙަމާސްގެ އެންމެ އިސް ލީޑަރުގެ މަޤާމުކަމަށްވާަ އެ ޖަމާއަތުގެ ސިޔާސީ އޮފީހުގެ އެންމެ އިސްވެރިޔާގެ މަޤާމަށް ޔަޙްޔާ ސިންވާރު ހަމަޖައްސައިފި ކަމުގައި އެ ޖަމާއަތުން ބުނެފި އެވެ. 

ސިންވާރު އެ މަގާމަށް އައްޔަންކޮށްފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އިސްމާއީލް ހަނީޔާ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އޭނާ އަވަހާރަކޮށްލީ އީރާނުގެ ވެރިރަށް ތެހެރާނުގައި ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ. 

"އިސްލާމީ މުގާވަމާގެ ސިޔާސީ އޮފީހުގެ ވެރިއެއްގެ މަގާމުގައި ހުންނެވި ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން އެ މަގާމަަށް ލީޑަރު އަދި ކޮމާންޑަރު ޔަހްޔާ ސިންވާރު އައްޔަންކުރިކަން މި ޖަމާއަތުން އިއުލާނުކުރަން،" ހަމާސްއިން ނެރުނު ކުރު ބަޔާނުގައި ބުނެފައިވެ އެވެ. 

އިސްރާއީލުން ދެކޭ ގޮތުގައި ޔަހްޔާ ސިންވާރަކީ ނިމުނު އަހަރުގެ އޮކްޓޯބަރު ހަތްވަނަ ދުވަހު އިސްރާއީލުގެ ބޯޑަރުތައް ފޫއަޅުވައިލާ ހަމާސްއިން ދިން ވަަރުގަދަ ހަމަލާތައް ރޭއްވެވި ބޭފުޅާ އެވެ. އެ ހަމަލާތަކުގައި އިސްރާއީލުގެ 1،100 މީހުން މަރުވި އެވެ. އަދި 200 އަށްވުރެ ގިނަ މީހުން އަސީރުކޮށްފައިވެ އެވެ. 

އެ ހަމަލާއާ ގުޅިގެންކަމަށް ބުނެ އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ނުރައްކާތެރި ހަމަލާތަކުގައި 40،000 އާ ގާތްކުރާ އަދަދަކަށް ފަލަސްތީނު މީހުން ޝަހީދުކޮށްލާފަައިވެ އެވެ. ޝަހީދުކޮށްލި މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ. 

ހަނިއްޔާ އަވަހާރަކޮށްލުމަކީ އިސްރާއީލުން ހިންގި އޮޕަރޭޝަނެއް ކަމަށް ތުހުމަތުވާއިރު ގިނަ މުހައްލިލުން ދެކެވަޑައިގަންނަވާ ގޮތުގައި ސުލްހައިގެ ވާހަކަތަކުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދެވި ހަނިއްޔާ ޝަހީދުކޮށްލީ ސުލްހައިގެ ވާހަކަަތައް ހުއްޓުވުމުގެ ބޭނުމުގަ އެވެ. 

އިތުރަށް މުހައްލިލުން ފާހަގަކުރައްވާ ގޮތުގައި ހަނިއްޔާ ހުންނެވި މަގާމަަށް އޭނާގެ ބަދަލުގައި ސިންވާރު ހަމަޖެއްސުމަކީ ހަމާސްގެ ސިޔާސީ މުސްތަގުބަލުގައި ޣައްޒާގެ މަރުކަޒީ ދައުރު އިތުރަށް ވަރުގަދަވާނެ ކަމުގެ ހެއްކެކެވެ. 

ސިންވާރު އެ މަގާމަށް ހަމަޖެއްސުމާ ގުޅިގެން ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ބުނެފައިވަނީ އެއީ ހަމާސް އޮތީ އެ ޖަމާއަތުގެ ނިންމުންތައް ނިންމުމުގައި އެކަތިގަނޑެއްގެ ގޮތުގައިކަން އެމެރިކާއާއި އިސްރާއީލަށް ދައްކުވައިދޭ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމަށް އެ ޖަމާއަތުން މަރުހަބާ ކިޔާ ކަމަށެވެ. 

ޚާން ޔޫނުސް ދެކުނުން އޮންނަ ރެފިއުޖީ ކޭމްޕަކަށް އުފަންވެވަޑައިގެންނެވި ސިންވާރަކީ 2017 ވަނަ އަހަރުން ފެށިގެން ޣައްޒާގައި ހުންނަވާ ހަމާސްގެ އެންމެ އިސްލީޑަރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.