ލަންކާގެ ރައީސް ކަމަށް ނަމާލް ވާދަ ކުރައްވަނީ

އިންތިހާބަށް ނަމާލް ނިކުންނަވާނީ ބައްޕާފުޅުގެ ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) އިންނެވެ.

މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާ

ސްރީލަންކާގެ ރިޔާސީ އިންތިހާބު ގައި ވާދަ ކުރައްވަން އެ ގައުމުގައި ނުފޫޒު ގަދަ ސިޔާސީ ލީޑަރު، މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާ ވާދަ ކުރުމަށް ނިންމައިފި އެވެ.

އެކަން ކަށަވަރު ކޮށް ލަންކާގެ ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފަ އެވެ. އެ ނިންމުން މާދަމާ ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށް ނޫސްތަކުގައި ވެ އެވެ.

އިންތިހާބަށް ނަމާލް ނިކުންނަވާނީ ބައްޕާފުޅުގެ ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) އިންނެވެ.

ކުރީން އަޑުފެތުރުނު ގޮތުން އެ ޕާޓީގެ ކެންޑިޑޭޓަކީ ދަމްމިކާ ޕެރޭރާ އެވެ. ނަމަވެސް ލަންކާގެ އެންމެ ބޮޑެތި މުއްސަދީންގެ ތެރޭގައި ހިމެނޭ ދަމްމިކާ ވަނީ އެ ނިންމުން ބަދަލު ކުރައްވާ އިންތިހާބު ގައި ވާދަ ނުކުރަން ނިންމާފަ އެވެ.

ނަމާލަކީ ކުރީން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކުރައްވާ ސަރުކާރުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ބައްޕާފުޅާއި ބޮޑުބޭބޭފުޅުގެ ބާރު ލަންކާގައި އޮތް ދުވަސްވަރު ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ލީޑަރަކީ ނަމާލް އެވެ.

ނަމާލުގެ އިތުރުން މި ފަހަރުގެ އިންތިހާބު ގައި މިހާރުގެ ރައީސް ރަނިލް ވިކްރަމްސިންހަ އާއި އެގައުމުގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސާ ވެސް ވާދަ ކުރައްވާނެ އެވެ.

ލަންކާ ގައި ރިޔާސީ އިންތިހާބުގެ ވޯޓް ނެގުން އޮންނާނީ ސެޕްޓެމްބަރު މަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.