ވެރިކަން ނިމުނުއިރު ޔާމީންގެ އެކައުންޓްގައި 500 މިލިއަން ހުރި، މައްސަލަ ބަލަން ގޮވާލައިފި

އަބްދުއްރަހީމް ވިދާޅުވީ، 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތްއިރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓްތަކުގައި ލައްކައެއްހާ ރުފިޔާ ވެސް ނެތް ކަަމަށެވެ.

ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ --

ދެހާސްއަށާރަ ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު އެމަނިކުފާނުގެ އެކައުންޓުގައި 400- 500 މިލިއަން ރުފިޔާ ހުރި ކަމަށާ އެފައިސާ ހޯދީ ކިހިނެއްތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސުވާލު އުފައްދައިފި އެވެ.

މިރޭ ބޭއްވި ޕީއެންސީ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އަބްރުއްރަހީމް ވަނީ ރައީސް ޔާމީން ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ރައްދު ދެއްވާފަ އެވެ. އެގޮތުން، އަބްދުއްރަހީމަށް އެހާ ބައިވަރު ފައިސާ ލިބުނީ ކިހިނެއްތޯ އާއި އެއީ ބަލަން ޖެހޭ މައްސަލައެއް ކަމަށް ޔާމީން ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވި އެވެ.

އަބްދުއްރަހީމް ވަނީ ރައީސް ޔާމީން އެދިވަޑައިގަތް ގޮތަށް އެ މައްސަލަ ބައްލަވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވާފަ އެވެ. އަދި އެކަމަށް މިނިވަން ކޮމެޓީއެއް ނަންގަވައި، އެ ކޮމެޓީގެ ޗެއާއަކަށް ޔާމީން ހެއްދެވުމަށް ގޮވާލެއްވި އެވެ.

"އެކަމަކު ހަމަ އެހެން ކޮމެޓީއެއް ހައްދަވަން ވާނެ. ހަދާފަ އެކޮމެޓީގެ ޗެއާއަކަށް ލާންވާނީ އަޅުގަނޑު. ދެން މެންބަރުންނަށް ލާންވާނީ އަޅުގަނޑު ބުނާ ބައެއް، އޭރުން އަޅުގަނޑު އެމްއެމްޕީއާރްސީގެ މައްސަލަ ބަލައިދޭނަން. ބަލައިފިއްޔާ ދެން ވާނެ ގޮތް އެނގިވަޑައިގަންނަވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ދެން ވާނެ ގޮތަކީ ކޮބައިކަން ތަފްސީލު ކޮށްދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތްއިރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓްތަކުގައި ހުރި ފައިސާއިން ލައްކައެއްހާ ރުފިޔާ ވެސް ހަމަނުވާނެ ކަމަށެވެ.

"އަބްދުއްރަހީމް ފައިސާ ހޯދީ ކޮންތާކުންތޯ އެހީމާ އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވާ، 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު ތިމާއަށް ނިސްބަތްވާ އެއްވެސް އެކައުންޓެއްގަ އެއްލައްކަ ރުފިޔާ ހަމަނުވާ ބޭފުޅަކު ފަސް އަހަރު ފަހުން ވެރިކަމުން ފައިބާ ވަޑައިގެންނެވިއިރު 400 މިލިއަނުން 500 މިލިއަނުން އެ އެކައުންޓްގަ ލާރި ހުރީ، ކޮންތާކުން ހޯދި ފައިސާއެއްތޯ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ވައްކަމުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް އުފުލި ހިޔާނާތުގެ މައްސަލަތަކަށް ޖަވާބުދާރީ ވަމުން، އެއީ ސިޔާސީ މަސައްކަތުން ލިބުނު ފައިސާއޭ ވިދާޅުވި ވިދާޅުވުމުން ތަކުރާރުކުރައްވަމުން އަބްދުއްރަހީމް ވަނީ އެކަން ދޮގުކުރައްވާފަ އެވެ. ވިދާޅުވީ، ސިޔާސީ ޕާޓީގެ އެކައުންޓްތައް ހުރިއިރު، އެ އެކައުންޓްތަކުގައި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ.

"އެހެންވީމަ ކުރީރޭ ވެސް އަޅުގަނޑު ދެންނެވިން ކުޅަނދުރު ހަތަޔަކަށް އޮއްގާ ނޫކާށޭ. އެއީ ވަރަށް ނުރައްކާތެރި ކަމެކޭ،" ރައީސް ޔާމީނަށް ރައްދު ދެއްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.