އެސްޓީއޯގެ 25 ބުރީގެ އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަނީ

އިމާރާތް ކުރަން ނިންމާފައި ވަނީ އެސްޓީއޯގެެ ހެޑް އޮފީހާ އިންވެގެން އޮންނަ ބިމުގަ އެވެ. އެއީ 15،000 އަކަ ފޫޓުގެ ބިމެކެވެ.

ސަރުކާރުގެ މައި ކުންފުނި އެސްޓީއޯގެ އޮފީސް

ސަރުކާރުގެ ވިޔަފާރީގެ މައި ކުންފުނި އެސްޓީއޯ އިން 25 ބުރީގެ އިމާރާތެއް އަޅަން ނިންމާ އެކަން ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

އެސްޓީއޯ އިން ކުރި އިއުލާނެއް ގައި ބުނެފައި ވަނީ ކުންފުނީގެ ވިޔަފާރި ފުޅާކުރުމާއެކު އިތުރު ޖާގަ ހޯދުމުގެ ބޭނުމުގައި މާލޭގައި 25 ބުރީގެ ކޮމާޝަލް އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށެވެ. އިމާރާތް ކުރަން ނިންމާފައި ވަނީ އެސްޓީއޯގެެ ހެޑް އޮފީހާ އިންވެގެން އޮންނަ ބިމުގަ އެވެ. އެއީ 15،000 އަކަ ފޫޓުގެ ބިމެކެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މި މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަމުންދާ ކަމަށް ބުންޏެވެ. މަސައްކަތް ކުރިއަށް ގެންދާނީ އެސްޓީއޯގެ 15 ޕަސެންޓް އިކުއިޓީ ހިމެނޭ ގޮތަށެވެ. އެ ކުންފުނިން ބުނީ މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރެވޭނީ 18 މިލިއަން ޑޮލަރު ނުވަތަ އެއަށް ވުރެ ބޮޑު މަޝްރޫއުއެއް ހިންގާފައިވާ ފަރާތްތަކަށެވެ.

އެ ކުންފުންޏަކުން ފާއިތުވި ފަސް އަހަރު ތެރޭ އެފަދަ މަސައްކަތެއް ކޮށްފައިވާން ޖެހެ އެވެ.

ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މި މަހުގެ 13 ގެ ނިޔަލަށް އޮންނާނެ އެވެ.

އެސްޓީއޯ އިން 25 ބުރީގެ އިމާރާތެއް އަޅަން ނިންމާފައި މި ވަނީ ހުޅުމާލޭގައި އެސްޓީއޯއިން ހަދާ "ގަލަށް" ވެފައިވާ ފަސްތަރީގެ ހޮޓާ ދޫކޮށްލުމަށް ފަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.