ބޮލީވުޑްގެ ތަރިން ރާއްޖެ އައުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްވެ އެވެ. އަބަދުވެސް އިންޑިއާގެ މަޝްހޫރު މީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދެ އެވެ.
ރާއްޖެއަށް މިފަހަރު މަލައިކާ އައިސްފައި ވަނީ ގްލޯބަލް ސްޕާ މެގަޒިންގެ ފޮޓޯޝޫޓެއް ފެށުމަށެވެ.
މަލައިކާ ޗުއްޓީ ހޭދަ ކުރަމުން ގެންދަނީ ހެރިޓެންސް އާރަށުގަ އެވެ. މަލައިކާ ރާއްޖެ އައިސްފައިވާކަން ވަނީ އޭނާގެ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.
އޭނާގެ އެތައް މިލިއަން ފޮލޯވަރުން ތިބި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާ ކުރުމާއެކު އެތައް ބަޔަކުވަނީ ހައިރާންވެފަ އެވެ.
ބޮލީވުޑްގެ ތަރިން ރާއްޖެ އައުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްވެފަ އެވެ. މިގޮތުން ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން އަބަދުވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރެ އެވެ.