ބަންގާޅުގައި އުފާފާޅުކުރުން، ނަމަވެސް ހަމަޖެހުމެއް ނިޒާމެއް ނެތް

ބޮޑުވަޒީރުގެ ގެކޮޅަށް އާންމުން ވަދެގަތުން: ބަންގާޅުގައި މިވަގުތު އޮތީ ނިޒާމު ގެއްލިފައި

ބަންގަލްދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ މަގާމުން އިސްތިއުފާ ދެއްވުމާއެކު އެ ގައުމުގައި އެކަމަނާއާ ދެކޮޅު ރައްޔިތުން ވަނީ އުފާފާޅު ކުރަން ފަށާފަ އެވެ. ހަސީނާގެ އިސްތިއުފާ އައީ ބަންގާޅުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާ ދައުލަތުގެ މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައް އާންމުންނާއި ފުލުހުންނާއި ސިފައިންގެ އެތައް ބަޔަކު މަރުވީ ފަހުންނެވެ.

ސިވިލް ސާވިސް ވަޒީފާއަށް މީހުން ނެގުމުގެ ސިޔާސަތުތަކާ ދެކޮޅަށް ފެށި ސިލްސިލާ މުޒާހާރަތައް އެންމެ ފަހުން ބޮޑު ހަމަނުޖެހުމަށް ބަދަލުވެ ބޮޑު ލޭއޮހޮރުވުމަކާ ދިމާއަށް މިސްރާބު ޖެހިއިރު މުޒާހަރާގެ އަމާޒު ބަދަލުވީ ބޮޑުވަޒީރުގެ މަގާމުން ހަސީނާ ވަކިކުރުމަށް ގޮވާލާ މުޒަހާރަތަކަށެވެ.

މުޒާހަރާތައް ކޮންޓްރޯލްކޮށް އާންމުން މައިތިރި ކުރެވޭތޯ އަސްކަރިއްޔާ ވެސް މަގުތަކަށް ނެރުނެވެ. މުޒާހަރާ ލީޑުކުރާ ބޭފުޅުން މިއަދު މިއީ މުޒާހަރާގެ ފަހު ދުވަސް ކަން އިއުލާނުކޮށް މިސްރާބު، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅާ ދިމާއަށް ފެށުމުން ހަސީނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާ ގައުމު ވެސް ދޫކުރައްވާ ވަޑައިގެންފަ އެވެ.

ބަންގަލްދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ މަގާމުން އިސްތިއުފާ ދެއްވުމާއެކު އެ ގައުމުގައި ދަނީ އުފާފާޅު ކުރަމުން: ނަމަވެސް ހަމަޖެހުމެއް ނިޒާމެއް ނެތް

ހެލްކޮޕްޓަރެއް ގައި އެކަމަނާ ވަޑައިގެންނެވީ އަވައްޓެރި އިންޑިއާ އަށެވެ. އިންޑިއާ އިން ވަނީ އެކަމަނާ އަށް ހިމާޔަތް ދީފަ އެވެ.

އެއާއެކު ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ވެރިޔާ ވަނީ ގައުމާ މުހާތަބު ކުރައްވާ ހަސީނާގެ އިސްތިއުފާ ރަސްމީ ކުރައްވާފަ އެވެ. އަދި ގިނަ ޕާޓީތަކުގެ ބައިވެރިވުމާ އެކު ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަަސައްކަތް ފަށާފައިވާ ކަން އިއުލާނު ކުރެއްވި އެވެ. އެ މަސައްކަތުގައި މިރޭ މުހިންމު ނިންމުންތަކެއް ނިންމޭނެ ކަމަށް އުންމީދު ކުރެއްވޭ ކަމަށް ވެސް ވިދާޅުވި އެވެ.

ބަންގަލްދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ މަގާމުން އިސްތިއުފާ ދެއްވުމާއެކު އެ ގައުމުގައި ދަނީ އުފާފާޅު ކުރަމުން: ނަމަވެސް ހަމަޖެހުމެއް ނިޒާމެއް ނެތް

އަސްކަރިއްޔާ އިން ބުނީ މަޝްވަރާތަކަށް ބޮޑެތި ހުރިހާ ޕާޓީތަކުގެ ތާއީދު ލިބިފައިވާ ކަމަށެވެ. އަސްކަރިއްޔާގެ ވެރީންނާ އެކު އެ ޕާޓީތަކުގެ މަންދޫބުން ބައްދަލްވުމެއް ބާއްވާފައިވާ ކަމަށް ވެސް ބުންޏެވެ.

އަދި ރައްޔިތުންގެ ކިބައިން އެދުނީ އިހްތިޖާޖުތަކާއި އެއްވުންތައް ހުއްޓާލާ ގެތަކަށް ވަނުމަށެވެ. ގައުމުގައި އަލުން ހަމަޖެހުން ގާއިމު ކުރުމަށް އަސްކަރިއްޔާ އިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމަށެވެ.

ބަންގަލްދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ މަގާމުން އިސްތިއުފާ ދެއްވުމާއެކު އެ ގައުމުގައި ދަނީ އުފާފާޅު ކުރަމުން: ނަމަވެސް ހަމަޖެހުމެއް ނިޒާމެއް ނެތް

ނަމަވެސް ބަންގްލަދޭޝް ހަލަބޮލިވެފައި އޮތް މިންވަރުން އަދިވެސް ގައުމު އޮތީ ބޮޑު ހާސްކަމަކާ ހަމަނުޖެހުމެއްގެ ތެރޭގަ އެވެ. އާންމުންގެ އެތައް ބަޔަކު ވަނީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ވަދެގެންފަ އެވެ. އެ ގެކޮޅުން ބައެއް ސާމާނުތައް ނެރެގެން ގޮސްފައިވެ އެވެ.

އަދި ގެކޮޅުގެ އެކި ތަންތަނުގައި ތިބެ ހަސީނާއާ ދެކޮޅަށް އަޑުއުފުލާ ހަދަމުން ދެ އެވެ. ހަސީނާގެ ފޮޓޯފުޅުތަކާއި ހަސީނާ ރަމްޒުކޮށްދޭ ތަކެއްޗަށް ގެއްލުން ދެމުން ދެ އެވެ. އެހެން ކަމުން އުފާފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށް ދިޔަ ނަމަވެސް ގައުމު އޮތީ ފާލުން ނެއްޓިފަ އެވެ. ނިޒާމުގެ ތެރޭގައި ހިނގާ އެއްވެސް ކަމެއްް ނެތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.