ކަރަންޓު ބިލް ބޮޑުވި ސަބަބު ހޯދަން ދިރާސާ ކުރުން އެމްއެންޔޫއަށް

ހުރިހާ މައުލޫމާތަކާއި ވަސީލަތްތަކެއްގެ ބޭނުން ކުރުމުގެ ފުރުސަތު އޮންްނާނެ ކަމަށާ އެދިވަޑައިގަންނަވަނީ ފުރިހަމަ އިލްމީ ދިރާސާއެއް ކޮށްދެއްވާ އާންމު ކުރެއްވުން ކަމަށް ވިދާޅުވި އެވެ.

ކަރަންޓު ބިލް ބޮޑުވި ސަބަބު ހޯދަން ދިރާސާ ކުރުން އެމްއެންޔޫއަށް ވަނީ ހަވާލުކޮށްފައި

ކަރަންޓު ބިލްތައް ބޮޑުވި މާލެ ސަރަހައްދުގެ ގޭބިސީތަކަށް އެކަން ދިމާވި ސަބަބުން ހޯދަން ދިރާސާއެއް ކުރަން ގައުމީ ޔުނިވާސިޓީއާ ހަވާލުކޮށްފި އެވެ.

ކަރަންޓް ކުންފުނިން ވަނީ ރަންޓު ބިލްތައް ބޮޑުވި މާލެ ސަރަހައްދުގެ ގޭބިސީތަކަށް އެކަން ދިމާވި ސަބަބުން ހޯދަން ކަރަންޓު އޮޑިޓެއް ހަދަން ނިންމާ އެކަން އިއުލާނު ކޮށްފަ އެވެ. 

ސްޓެލްކޯ އިން މިއަދު ވަނީ ކަރަންޓު ބިލްތައް ބޮޑުވި މާލެ ސަރަހައްދުގެ ގޭބިސީތަކަށް އެކަން ދިމާވި ސަބަބުން ހޯދަން ދިރާސާއެއް ކުރަން ގައުމީ ޔުނިވާސިޓީއާއެކު އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ. 

އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރީ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އެވެ.

އެމްޑީ ފަހްމީ ވިދާޅުވީ އެ ދިރާސާއަށް އެމްއެންޔޫއަށް ފުރިހަމަ އޮތޯރިޓީ އޮންނާނެ ކަމަށެވެ. ހުރިހާ މައުލޫމާތަކާއި ވަސީލަތްތަކެއްގެ ބޭނުން ކުރުމުގެ ފުރުސަތު އޮންްނާނެ ކަމަށާ އެދިވަޑައިގަންނަވަނީ ފުރިހަމަ އިލްމީ ދިރާސާއެއް ކޮށްދެއްވާ އާންމު ކުރެއްވުން ކަމަށް ވިދާޅުވި އެވެ.

94% ގޭބިސީގެ ކަރަންޓު ބިލް ކުރީ މަހަށްވުރެ ކުޑަ

ފަހުމީ އިއްޔެ ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި 60،000 އަށްވުރެ ގޭބިސީ ހުންނައިރު 94 ޕަސެންޓު ގޭބިސީގެ ބިލް މިދިޔަ މަހަށްވުރެ މިމަހު ކުޑަ އެވެ. ނަމަވެސް މާލެގެ ހަ ޕަސެންޓް ގޭބިސީ އަދި ހުޅުމާލޭގެ 15 ޕަސެންޓް ގޭބިސީގެ ބިލްތައް ބޮޑުވެފައިވާ ކަމަށާ އެކަން ފާހަގަ ކުރެވިގެން ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެމްޑީ ވިދާޅުވީ ދެމަހު ވެސް ކަރަންޓު ބިލް ކުޑަނުވި ގެތަކަަށް އެކަން ދިމާވި ސަބަބު ހޯދަން ހުޅުމާލޭގެ ގެތަކަށް ވެސް ސްޓެލްކޯގެ މުވައްޒަފުން ކަރަންޓު ނެޓްވޯކާއި ކަރަންޓު ބޭނުންކުރާ ސާމާނު ބަލައި ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. 

"ބިލް ބޮޑުވި ހުރިހާ ގެތަކަށް ޒިޔާރަތްކުރާ ނަން. އޭރުން އެނގޭނެ ބިލް ކުރަމުންދާ ގޮތާއި މައްސަލަ ހުރި އިކުޕްމަންޓްތައް ވެސް އެކަން ވެސް ބަލައިދީ އޮޅުންފިލުވައިދޭނަން،" ފަހުމީ ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.