އެމެރިކާއިން ރާއްޖެއަށް އިތުރު 8.5 މިލިއަން ޑޮލަރުގެ އެހީ ދީފި

އެހެންކަމުން އެއްބަސްވުމުގެ ޖުމްލަ އަގު 45.7 މިލިއަން ޑޮލަރަށް އިތުރުކޮށްފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

އެމެރިކާ އަދި ރާއްޖެއާ ދެމެދު ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން --

ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީއޯއޭޖީ) އަށް ގެނައި 14 ވަނަ އިސްލާހުގެ ދަށުން އެމެރިކާއިން ރާއްކެއަށް އިތުރުން 8.5 މިލިއަން ޑޮލަރުގެ އެހީ ދީފި އެވެ.

ފޮރިން މިނިސްޓަރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، މި އިސްލާހުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން މި އިސްލާހުގައި ސޮއިކުރެއްވީ ޔޫއެސްއޭއައިޑީގެ މިޝަން ޑިރެކްޓަރު ގެބްރިއަލް ގްރައު އެވެ.

މި އެއްބަސްވުމަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ގާބިލުކަން އިތުރުކޮށް، ރާއްޖޭގެ އިގްތިސޯދީ އަދި ޑިމޮކްރެޓިކް ވެރިކަން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއާއި އެމެރިކާއާ ދެމެދު ސޮއިކުރެވުނު ތާރީހީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެއްބަސްވުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، ފާއިތުވި އަހަރުތަކުގައި ކަނޑައަޅާފައިވާ ފައިސާގެ އަދަދު މަޑުމަޑުން އިތުރުވަމުންގޮސް، މި އިސްލާހުގެ ދަށުން އެމެރިކާ ސަރުކާރުން ރާއްޖެއަށް އިތުރު 8.5 މިލިއަން ޑޮލަރު ދީފައިވާ ކަމަށެވެ. އެހެންކަމުން އެއްބަސްވުމުގެ ޖުމްލަ އަގު 45.7 މިލިއަން ޑޮލަރަށް އިތުރުކޮށްފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

ޑީއޯއޭޖީގެ 14 ވަނަ އިސްލާހުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީ އާއި ޔޫއެސްއޭއައިޑީ މިޝަން ޓު ދަ މޯލްޑިވްސްގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.