ޝާހީންގެ މަރު: އަނެއްކާވެސް ދައުވާއަށް ޖަވާބުދާރީވުން ފަސްވެއްޖެ

މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ހިނގި މި މާރާމާރީގެ ތެރޭގައި ޝާހީނަށް ހަ އިންޗި ވަޅިއަކުން ހަމަލާދިން މައްސަލައިގައި މަރުގެ ދައުވާ އުފުލާފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު މަސްއޫދުގެ މައްޗަށެވެ.

ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ޝާހީން މަރާލުމުގެ ތުހުމަތު އޮތް އެގައުމުގެ މުހައްމަދު މަސްއޫދު ކޯޓުގެ އަޑުއެހުމުގައި --

ދ. މީދޫ "ޖިހާދު" މަސްދޯނީގެ ތެރޭގައި ދެ ބިދޭސީންގެ މެދުގައި ހިނގި މާރާމާރީގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ޝާހީނަށް ވަޅިން ހަމަލާދީ އޭނާ މަރާލި މައްސަލައަށް ތިން އަހަރު ވެފައިވާއިރު ދައުވާ ނުއިއްވި މިއަދުގެ އަޑުއެހުން ވެސް ނިންމާލައިފި އެވެ.

މާޗް 7، 2021 ވަނަ ދުވަހުގެ ރޭ ދަންވަރު 3:45 ހާއިރު މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ހިނގި މި މާރާމާރީގެ ތެރޭގައި ޝާހީނަށް ހަ އިންޗި ވަޅިއަކުން ހަމަލާދިން މައްސަލައިގައި މަރުގެ ދައުވާ އުފުލާފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު މަސްއޫދުގެ މައްޗަށެވެ.

މި ދެ މީހުންނަކީ ވެސް މަސް ދޯނީގައި މަސައްކަތް ކުރަމުން ދިޔަ ދެ މީހުންނެވެ.

އެންމެ ފަހުން އަޑުއެހުމެއް ބޭއްވިތާ ގާތްގަނޑަކަށް އަހަރެއް ފަހުން މިއަދު މި މައްސަލައިގެ އަޑުއެހުމެއް ވަނީ ބާއްވާފަ އެވެ. މި އަޑުއެހުމުގައި، ދައުލަތުން އެދުނު ގޮތަށް ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދީފައިވެ އެވެ. އެގޮތުން، ދިފާއަށް ބައެއް ލިޔުންތައް ހަވާލުކުރާއިރު ބައެއް މައުލޫމާތު އުނި ކުރުމަށް އެ އަމުރުގައިވެ އެވެ.

އޭގެ ތެރޭގައި، ސިއްރު ހެކިވެރިންގެ ވަނަވަރު އުނިކުރުމަށްފަހު އެމީހުން ތަހުގީގަށް ދީފައިވާ ބަޔާންތައް މަސްއޫދަށް ދެއްކުމަށް ވަނީ ނިންމަވާފަ އެވެ. އަދި، މަރުވި ޝާހީންގެ ފޮޓޯތައް އުނިކުރުމަށްފަހު ކްރައިމް ސީން ރިޕޯޓް ދިނުމަށް ވެސް އެ އަމުރުގައި ނިންމި އެވެ.

އެ ބަޔާންތައް ލިބުމުން ދައުވާ އިއްވައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ދިފާއީ ވަކީލް އަހުމަދު ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ. އެހެންކަމުން ގާޒީ އިބްރާހިމް އިހުސާން ވަނީ އެގޮތަށް ނިންމައި، އެބައި ދެން އަންނަ އަޑުއެހުމަކަށް ފަސް ކުރަން ނިންމަވާފަ އެވެ.

މައްސަލައިގެ ތަފްސީލް - ދައުލަތުން މަސްއޫދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ، ޖިހާދު ދޯނި މަސް ބޭނުމަށް ކ. ގުރައިދޫ ބޮއެ ކައިރިއަށް ދިއުމަށް ދޯނި ދުއްވަމުން ދިޔަ ވަގުތު، މަސްއޫދުގެ އަތުގައި އޮތް ވަޅިއަކުން ޝާހީނަށް ހަމަލާދީފައިވާ ކަމަށެވެ. އޭނާ މަރުވީ މަސްއޫދު އަތުގައި އޮތް ހަ އިންޗި ހުރި ވަޅިއަކުން ޝާހީންގެ ކަނާއަތް ފަރާތު އަރިކަށްޓަށް ދިން ހަމަލާގެ ސަބަބުން ކަމަށް ދައުވާގައި ފާހަގަކޮށްފައިވެ އެވެ. މަސްއޫދު ހުރީ މި މައްސަލައާ ގުޅިގެން ޝަރީއަށް ނިމެންދެން ބަންދުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.