މޫސުން ގޯސްވެ، ކަނޑުމަތީގެ ހަ ހާދިސާއެއް

މެޓް އޮފީހުން ބުނި ގޮތުގައި މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

މޫސުން ގޯސްވެ ކަނޑު ގަދަ ވެފައި: މިއަދު ބޮޑު ސަރަހައްދަށް މޫސުން ގޯސް -- ފޮޓޯ: ދަ މިރާ

ރާއްޖޭގެ އެކި ހިސާބުތަކަށް އިއްޔެ ކުރި ވިއްސާރައިގައި ކަނޑު ގަދަވުމުގެ ސަބަބުން ރޭ ކަނޑުމަތީގެ ހަ ހާދިސާއެއް ހިނގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ ކަނޑު ގަދަވުމުގެ ސަބަބުން ރޭ ހިނގި ހަ ހާދިސާގެ ތެރެއިން ތިން ހާދިސާއަކާ ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެއްވެސް ހާދިސާއެއްގައި މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އިއްޔެގެ މޫސުމަށް ބަލާއިރު އެންމެ މޫސުން ގޯސްވެފައި ވަނީ ދެކުނުގެ އަތޮޅުތަކަށެވެ. އެންމެ ގިނައިން ވާރޭވެހިފައި ވަނީ ފުވައްމުލަކު ސިޓީއަށެވެ. އެ ސިޓީއަށް 68 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. ދެން އެންމެ ގިނައިން ވާރޭވެހުނު ގދ. ފަރެސްމާތޮޑާއަށް 45.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ދެކުނާއި ހުޅަނގު ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު ދެކުނުން ގަނޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގަ އެވެ. 

ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިޖެހޭނެ ކަމަށް ވަނީ ލާފަކޮށްފަ އެވެ. އަދި، ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދު ކަމަށް ވެސް ބުނެފައިވެ އެވެ.

މެޓުން މިހާރު ވެސް ވަނީ ދެކުނަށް ވައިޓް އެލާޓް ނެރެފަ އެވެ. އެގޮތުން ތ. އަތޮޅުން ފެށިގެން ގދ އަތޮޅަށް ވަނީ އެލާޓް ނެރެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.