ގޭސް މާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ތަހުގީގު ހިންގަން ފަށައިފި

އޭނާ ރާއްޖޭން ބޭރުގައި އުޅުމަށްފަހު އެނބުރި ރާއްޖެ އައުމާއެކު ފުލުހުން ވަނީ އޭނާ ފުރުން މަނާ ކުރުމުގެ އަމުރެއް ވެސް ހޯދާފަ އެވެ. އަދި އެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މޯލްޑިވްސް ގޭސްގެ ކުރީގެ އެމްޑީ އަބްދުﷲ މައުމޫން --

މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖީން ޑިރެކްޓަރު އަބްދުﷲ މައުމޫން ރާއްޖެ އައުމާއެކު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތުތަކުގެ ތަހުގީގު ފަށައިފި އެވެ.

އޭނާ ރާއްޖޭން ބޭރުގައި އުޅުމަށްފަހު އެނބުރި ރާއްޖެ އައުމާއެކު ފުލުހުން ވަނީ އޭނާ ފުރުން މަނާ ކުރުމުގެ އަމުރެއް ވެސް ހޯދާފަ އެވެ. އަދި އެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ގޭސް ކުންފުނީގެ އެމްޑީއަކަށް ހުރިއިރު ހިންގި ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކޮށް މިހާރު ވަނީ ދައުވާ ވެސް އުފުލާފަ އެވެ. އެ މައްސަލަ ތަހުގީގު ކޮށްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނެވެ.

މި ދައުވާތައް އުފުލާފައި ވަނީ މައުމޫނާއި މައުމޫންގެ އާއިލީ ބައެއް ފަރާތްތަކަށް އަދި އޭނާއާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓާނޭޝަނަލް އިން ފައިސާ ފޮނުވާފައިވާ ކަމަށް ތުހުމަތު ކޮށް ތަހުގީގު ކުރި މައްސަލައިގަ އެވެ.

މި މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ. 

އޭނާގެ މައްޗަށް ހަތް ދައުވާއެއް ވަނީ އުފުލާފަ އެވެ އެއީ؛

  •  ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ދައުވާ
  •  މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ދައުވާ
  •  ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ދައުވާ
  •  ކުށެއް ކުރަން އުޅުމުގެ ދައުވާ
  •  ކުށެއް ކުރަން އެދުމުގެ ދައުވާ
  •  ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ
  •  ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ

މިއިން ކޮންމެ ދައުވާއަކަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. ހަތް ދައުވާ ސާބިތުވެއްޖެނަމަ 22 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.