ޖަވާބުދާރީވާން މިނިސްޓަރު ހައިދަރަށް ވަޑައިގެންނެވޭ ގޮތެއް ނުވި

ދެން އެންމެ އަވަހާ އެ ސުވާލު އުޖެންޑާ ކުރެވެން އޮތް ދުވަހަކަށް އެޖެންޑާ ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މިއަދު ވިދާޅުވެފައި ވެއެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މީގެ ކުރިން މަޖިލީހުގެ ކޮމިޓީއެއްގައި --

އާއިލީ ކުއްލި ކަމެއް ދިމާ ވެގެން ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖަވާބުދާރީވެ ވަޑައިގަތުމަށް ހާޒިރުވެ ވަޑައެއް ނުގެންނެވި އެވެ.

މިއަދުގެ އެޖެންޑާގައި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މިނިސްޓަރު ހައިދަރާ ސުވާލު ކުރުން ހިމަނާފައި އޮތެވެ. 

އޭނާ އެދިވަޑައިގެންފައި އޮތީ ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ބިން ހަވާލު ކުރަން ފެށޭނީ ކޮން ދުވަހުންތޯ އާއި "ބިންވެރިޔާ" ސްކީމްގެ ދަށުން ކުރީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ހަމަޖައްސާފައިވާ ގޯތިތައް ހަވާލު ކުރެވޭނީ ކިހާ ހިސާބެއްގައިތޯ އެވެ. މީގެ އިތުރުން ހުޅުމާލޭގެ ހިޔާ އަވަށް / ފޭސް ދޭއްގައި އިމާރާތްކުރާ 4000 ފްލެޓް ލިބުނުފަރާތް ތަކަށް އެ ފްލެޓްތައް ހަވާލު ކުރާނީ ކޮންއިރަކުންތޯ ވެސް ސުވާލުގައި ހިމަނުއްވާފައި އޮތެވެ.

އެޖެންޑާއަށް އެ ސުވާލު ކުރުމާއި މިނިސްޓަރުގެ ޖަވާބުދާރީވެ ވަޑައިގަތުން ލާފައި އޮތް ނަމަވެސް ޖަލްސާ ފައްޓަވައި މަޖިލީހުގެ ރިޔާސަތުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިއަދު ދިމާވި ކުއްލި އާއިލީ ކަމަކާ ގުޅިގެން މަޖިލީހަށް  ވަޑައިގެންނެވެން ނެތްކަމަށް މިނިސްޓަރު ހައިދަރު މިއަދު ހެނދުނު އަންގަވާފައިވާ ކަމަށެވެ. އަދި އެންމެ އަވަހާ އެ ސުވާލު އުޖެންޑާ ކުރެވެން އޮތް ދުވަހަކަށް އެޖެންޑާ ކުރައްވާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.