މަސްވެރިކަން ރަނގަޅުވާތީ މިފްކޯ ތައްޔާރު | ބޯޓުތައް މަސް ބާނާ ސަރަހައްދުތަކަށް

މިފްކޯއިން ބުނީ މިހާރު މަސްވެރިކަން އެންމެ ރަނގަޅީ މީމުގަ އެވެ. އަދި މާލެ އަތޮޅަށްވެސް މަސް ބާނަ އެވެ.

މިފްކޯގެ މަސް ބޯޓެއް : މަސްވެރިކަން ދަނީ ރަނގަޅު ވަމުން -- މިފްކޯ

ރާއްޖޭގެ މަސްވެރިކަން ރަނގަޅު ވަމުންދާތީ މިފްކޯ ތައްޔާރުވެފައިވާ ކަމަށާ، މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފޮނުވަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު "މިރާ" އަށް ވިދާޅުވި ގޮތުގައި މަސް ގަންނަ ސަރަހައްދުތަކަށް ބޯޓުތައް ފޮނުވަން ފަށާފައިވާ ކަމަށާ އެގޮތުން މާލެ ސަރަހައްދުގައި ވެސް މިހާރު ބޯޓެއް އޮންނާނެ އެވެ.

"މިހާރު ކޮންމެވެސް ވަރަކަށް މަސްވެރިކަން ވަނީ ރަނގަޅުވާން ފަށާފަ. މާލެ ސަރަހައްދުގައިވެސް މަސްވެރިކަން ރަނގަޅު. އެންމެ ބޮަޑަށް ރަނގަޅަނީ މީމުގައި،" އިބްރާހިމް ވިދާޅުވި އެވެ.

މިފްކޯގެ ބޯޓު ފަހަރަށް އިއްޔެ ވަނީ މ. އަތޮޅުން 11 ދޯންޏަކުން 27.4 ޓަނުގެ މަސް ކިރުވާފަ އެވެ. އަދި މިފްކޯގެ ބޯޓު ފަހަރުގެ އިތުރުން ހޮރައިޒަންގެ ބޯޓު ފަހަރަށް ވެސް 50 ޓަނުގެ މަސް ގަނެފައިވެ އެވެ. މިވަގުތު މަސް ކިލޯއެއްގެ އަގު ހުރީ 16ރ. އަށެވެ.

މަސްވެރިކަން ރަނގަޅުވެފައިވާއިރު މިފްކޯއިން ވަނީ އެ ކުންފުނި ހަރުދަނާ ކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ. އެގޮތުން އޮޕަރޭޝަންގެ ވޭސްޓޭޖް ކުޑަ ކުރުމުގެ ގޮތުން މުހިންމު ކަންތައްތަކެއް ކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އަދި މަސްވެރިނަށް ދެ ހަފުތާއިން ފައިސާ ދެވޭނެ ނިޒާމެއް އެ ކުންފުނިން ވަނީ ގާއިމްކޮށްފަ އެވެ. މިގޮތުން މިހާތަނަށް މި އަހަރު ދިން ފައިސާގެ އަދަދު ވަނީ އެއް ބިލިއަން ރުފިޔާއަށްވުރެ މަތިވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.