ޑިމޮކްރެޓްސް އަކީ ސަރުކާރުގެ ބައިވެރިއެއް ނޫން: ހަސަން

ސަރުކާރާއި ޑިމޮކްރެޓްސްގެ ބައްދަލުވުމުގައި ގާނޫނު އަސާސީ އިސްލާހު ކުރާއިރު ވަކި ގޮތަކަށް ކަންކަން ހުންނަން ޖެހޭނެކަން ފާހަގަކޮށް ރައީސް މުއިއްޒަށް ލިޔުމެއް އަރުވާފައިވެ އެވެ.

ރައީސް މުއިއްޒު، ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފްއާ ބައްދަލު ކުރައްވަނީ

"ދަ ޑިމޮކްރެޓްސް" އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ބައިވެރިއެއް ނޫން ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ވިދާޅުވީ ދާދި ފަހުން ރައީސް މުއިއްޒާއެކު ޑިމޮކްރެޓްސްގެ ބައްދަލުވުމެއް ބޭއްވީ ގާނޫނު އަސާސީ އިސްލާހު ކުރަން އެ މަނިކުފާނު ފައްޓަވާ މަސައްކަތުގައި އެ ޕާޓީން ބައިވެރިވާން ބޭނުންވާ ވާހަކަ ދަންނަވަން ކަމަށާއި އެ ކަމުގައި ޑިމޮކްރެޓްސް ދެކޭ ގޮތް ހިމަނަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. 

އަދި ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމާ ގުޅޭ ގޮތުން ރައީސް މުއިއްޒާ ޑިމޮކްރެޓްސްއިން ބައްދަލު ކުރުމަކީ ހައިރާން ވާންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.

އޭގެ އިތުރު ތަފުސީލެއް ވެސް ދެއްވެވި އެވެ:

"އޭގެ މާނައަކީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރަކަށް ވީއެއް ނޫން! އެގޮތަށް އެ މަސައްކަތް ކުރަން ނިންމީއެއް ވެސް ނޫން،" ހަސަން ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ އެ ބައްދަލުވުމުގައި ގާނޫނު އަސާސީ އިސްލާހު ކުރާއިރު ވަކި ގޮތަކަށް ކަންކަން ހުންނަން ޖެހޭނެކަން ފާހަގަކޮށް ރައީސް މުއިއްޒަށް ލިޔުމެއް އަރުވާފައިވާނެ ކަމަށެވެ.

ކޮމެންޓް

1
450
ހަސަންބެ
1 month ago

ގައިމު މި ސަރުކާރުގެ ބައިވެރިއެކޭ ކިޔައިގެން އުޅުނީ ކުރިން. އެދުނު މަގާމު ނުލިބުނީމަ މިހާރު ދެން ކޯއްޗެކޭ ކިޔާކަށް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.