7،000 ގެ ދުވަހެއް | ޖުމްލަ ޓޫރިސްޓުން 1.2 މިލިއަނަށް

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި ޓޮޕް ޓެންގައި ހިމެނޭ ތިން ގައުމުން އަންނަ މީހުންގެ އަދަދު ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ. އަދި ޓޫރިސްޓުން މަޑުކުރާ ދުވަހުގެ އަދަދުވެސް އިތުރުވާ ކަމަށް ދައްކަ އެވެ.

މެލޭޝިއާ އެއާލައިންސް ރާއްޖެއަށް އައުން : އެއާލައިންތައް ގިނަވަމުންދާ ވަރަކަށް އެރައިވަލްސް ދަނީ އިތުރުވަމުން -- އެމްއޭސީއެލް

ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ނުވަތަ ޑެއިލީ އެރައިވަލްސް 7،000 އަށް އުފުލުނު ދުވަހާއެކު ޖުމްލަ ޓޫރިސްޓުންގެ އަދަދު 1.2 މިލިއަނަށްވުރެ އިތުރު ވެއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,202,579 ޓޫރިސްޓުން ވަނީ އައިސްފަ އެވެ، މިއީ މިދިޔަ އަހަރު އައި  1,091,322 އާ އަޅާކިޔާނަމަ 10 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މި އަހަރު އެވްރެޖުކޮށް ޑެއިލީ އެރަވަލްސްގެ ގޮތުގައި 5,567 ޓޫރިސްޓުން އައި ނަމަވެސް މި އަދަދު އިތުރުވަމުންދާކަން ވަނީ ފާހަގަ ކުރެވެން ފަށާފަ އެވެ. މިގޮތުން ހޮނިހިރު ދުވަހު ރާއްޖެއަށް ވަނީ 7,012 ޓޫރިސްޓުން އައިސްފަ އެވެ. މިއީ މި ވޭތުވެދިޔަ ދޮޅު މަހެއްގެ ތެރޭގައި ޑެއިލީ އެރައިވަލްސް އެއް ދުވަހެއްގެ ތެރޭ މި އަދަދަށް އިތުރުވި ފުރިހަމަ ދުވަހެވެ. 

މި އިތުރުވުމާއެކު ޓޫރިޒަމް ތަފާސް ހިސާބުތަކުން މިހާރު ދައްކަނީ ވަރަށް ޕޮޒިޓިވް ނަތީޖާ އެވެ. އެގޮތުން އާއްމުކޮށް ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ ގިނަ ގައުމުތަކުން ޓޫރިސްޓުން އަންނަ އަދަދު ހަލުވި އިތުރުވުމެއްގައި ހުރި ކަމަށް މިހާރު ދައްކަ އެވެ. 

ގިނައިން ޓޫރިސްޓުން އަންނަ ގައުމުތައް

  •  ޗައިނާ - 164,107
  •  ރަޝިއާ - 128,512
  •  ޔޫކޭ - 106,161
  •  އިޓަލީވިލާތް - 87,823
  •  ޖަރުމަނުވިލާތް - 87,608
  •  އިންޑިއާ - 72,637
  •  އެމެރިކާ - 42,433
  •  ފްރާންސް - 36,266
  •  ސުވިޒަލޭންޑް - 24,867
  •  ސްޕެއިން - 22,920

މި ވަގުތު އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ އެންމެ ކުރީގައި އޮތީ ޗައިނާ އެވެ. އެ ގައުމުން ފަސް އެއާލައިނެއްގެ ރާއްޖެ އަށް މިހާރު އަންނައިރު ޗައިނީސް އެރައިވަލްސް މިހާރު ހުރީ 164,107 ގަ އެވެ. އަދި ދެވަނާގައި އޮތް ރަޝިއާއިން 128,512 މީހުން އައިސްފައިވެ އެވެ. އަދި ޔޫކޭއިން އައި މީހުންގެ އަދަދު އުޅެނީ 106,161 ގަ އެވެ. މި ތިން ގައުމުން ޓޫރިސްޓު އެރައިވަލްސް ބޮޑުތަނުން އިތުރުވަމުންދާކަން ފާހަގަ ކުރެވެ އެވެ. މީގެ އިތުރުން އިންޑިއާ މާކެޓުވެސް ރަނގަޅުވަމުންދާތަން ފެނެ އެވެ. އެ ގައުމުން މިހާތަނަށް 70،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. 

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ޓޫރިސްޓުން ރާއްޖޭގައި މަޑުކުރާ ދުވަހުގެ މުއްދަތު ވެސް ވަނީ އިތުރުވާން ފަށާފަ އެވެ. މިހާރު އެވްރެޖު ސްޓޭ ހުރީ 7.8 ދުވަހުގަ އެވެ. 

2024 ޓޫރިޒަމް - މި އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އަދި އޭގެ ކުރީ އަހަރު 1.6 މިލިއަން މީހުން ޒިޔާރަތް ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.