ވިހި އިންސައްތަ މާފުކޮށް ދިނުމުން ވެސް ގިނަ ބަޔަކު ފްލެޓް ކުލި ނުދައްކާ، ފިޔަވަޅު އަޅަނީ

ޖަނަވަރީ 1، 2024 އިން ފެށިގެން ޔުނިޓްތަކަށް ދައްކަން ޖެހޭ ފައިސާ ގަވާއިދުން ދައްކަމުން ގެންދިއުމަށް ޔުނިޓްތަކުގެ ވެރީންނަށް އެންގި ނަމަވެސް ގިނައީ ކުލި ނުދައްކާ މީހުންނެވެ.

ހިޔާ ފްލެޓްތަކުގެ ޓަވަރުތައް؛ ކުލި ނުދައްކާ މީހުން ގިނަ

މާލެ ސަރަހައްދުގައި ތަރައްގީކޮށްފައިވާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި އަތޮޅުތެރޭގެ ރަށްރަށު ގައި ދޫކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ގިނަ ބަޔަކު ކުލި ދައްކަމުން ނުދާ ކަމަށް ހައުސިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

އެ މިނިސްޓްރީން ވަނީ އެކަން ހާމަކޮށް މިރޭ ބަޔާނެއް ނެރެފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ޔުނިޓްތަކުން މަހުން މަހަށް ދައްކަން ޖެހޭ ފައިސާގެ 20 އިންސައްތަ މާފުކޮށްދީފައިވާ ކަމަށެވެ.

އަދި ޖަނަވަރީ 1، 2024 އިން ފެށިގެން ޔުނިޓްތަކަށް ދައްކަން ޖެހޭ ފައިސާ ގަވާއިދުން ދައްކަމުން ގެންދިއުމަށް ޔުނިޓްތަކުގެ ވެރީންނަށް އަންގާފައިވާ ކަމަށް ބުންޏެވެ. 

".. ނަމަވެސް ގިނަ ފަރާތްތަކުން އަދިވެސް ފައިސާ ދައްކަމުން ނުދާތީ މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ގަވާއިދުން ދެއްކުމަށް މިނިސްޓްރީން އިލްތިމާސް ކުރަމެވެ،"

މިނިސްޓްރީން ބުނީ ގަވާއިދުން ފައިސާ ދައްކަމުން ނުދާ ފަރާތްތަކާއި ކަނޑައެޅިފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ޔުނިޓްގެ ބޭނުން ކުރުމާއި ގަވާއިދާ ހިލާފަށް ތަނަށް ބަދަލުކުރުމާއި ކުއްޔަށް ދިނުމާއި ގުޅޭ ކަންކަން ބަލަމުންދާނެ ކަމަށެވެ. އެފަދަ ފަރާތްތަކާ ދެކޮޅަށް އެއްބަސްވުމާއި އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.

ސޯޝަލް ހައުސިންގެ ދަށުން ދޫކުރާ ގިނަ ޔުނިޓުތަކުން ކުލި ނުދެއްކުމަކީ ގިނަ ބަޔަކު ކުރާ ކަމެކެވެ. އެކަމާއި ގުޅިގެން ކުލި ނުދެއްކުމުގެ ރޫހެެއް އޮތީ އުފެދިފަ އެވެ. އެފަދަ މީހުންނާ ދެކޮޅަށް ސަރުކާރުތަކަށް އެކަށީގެންވާ ފިޔަވަޅެއް ނުވެސް އެޅެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.