ޖޫން މަހުގެ އަގުތައް | ކަރަންޓް ބިލާއެކު އިންފްލޭޝަން 0.73 ޕަސެންޓުގެ އުފުލުމެއް

ޖޫން މަހު މާލެ ވަކިން ބަލާނަމަ އަގުތައް ޖުމްލަކޮށް ހުރީ ދަށުގަ އެވެ. ނަމަވެސް ރަށްރަށުގައި އަގުތައް އުފުލުން މަތި ކަމަށް ދައްކަ އެވެ.

ބާޒާރު މަތީ ފިހާރައެއްގައި މީހަކު މަސައްކަތް ކުރަނީ -- ދަ މިރާ

ޖޫން މަހު ކަރަންޓުގެ އަގަށް އައި ބަދަލާއެކު ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގު ލިސްޓު 0.73 ޕަސެންޓު އުފުލިއްޖެ އެވެ. 

ގައުމީ ތަފާސް ހިސާބުތަށް ބަލަހައްޓާ އޮފީސް، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުގައި މިދިޔަ ޖޫން މަހު ރާއްޖޭގައި މުދަލުގެ އަގުތައް ވަނީ އުފުލިފަ އެވެ. މިގޮތުން އެންމެ ބޮޑަށް އަގު އުފުލިގެން ގޮސްފައިވަނީ ކަރަންޓު ބިލްތަކުންނެވެ. 

ޖޫންގައި އަގުތަކަށް އައި ބަދަލު

  • ކަރަންޓު ބިލްތައް 8.30 +
  • ތަރުކާރީ 4.32 +
  • ފަރުނީޗަރު 5.70 +
  • ވައިގެ ޓިކެޓް 2.93 +
  • ކިރާއި ބިސް - 1.30 +
  • މަސް 0.60 +
  • އެޑިއުކޭޝަން 1.58 +
  • މޭވާގެ އަގުތައް 0.80 -
  • ފޯނާއި ފޯނުގެ އިކްއިޕްމަންޓް 1.49 -
  • ސައިކަލް 1.21 -

މިދިޔަ ޖޫން މަހު އަގުތައް އެންމެ ބޮޑަށް އުފުލިފައިވާ ކަރަންޓު ބިލްތަކުން 8.30 ޕަސެންޓުގެ އުފުލުމެއް އައިސްފައިވެ އެވެ. އަދި ތަރުކާރީގެ އަގުތައް 4.32 ޕަސެންޓް އުފުލުނު ނަމަވެސް މޭވާގެ އަގުތައް ވަނީ 0.80 ޕަސެންޓުގެ ވެއްޓުމެއް އައިސްފަ އެވެ. 

މުޅި ރާއްޖޭގައި އަގުތައް 0.73 ޕަސެންޓުގެ ދަަށްވުމެއް އައިނަމަވެސް މާލެ ވަކިން ބަލާނަމަ އަގުތައް ހުރީ ދަށުގަ އެވެ. މާލޭގައި އަގުތައް އުފުލިފައިވަނީ 0.25 ޕަސެންޓަށެވެ. ނަމަވެސް އަތޮޅުތަކުގައި އަގު އުފުލުން ހުރީ 1.45 ޕަސެންޓުގަ އެވެ. އަތޮޅުތަކުގައި އަގުތައް އެންމެ ބޮަޑަށް އުފުލިގެން ގޮސްފައިވަނީ ފެނާއި ކަރަންޓު އަދި ގޭހާއި ތެލުންނެވެ. 

އަގު ނަގަނީ - ސީޕީއައި ހިސާބު ކުރުމުގައި ބަލަނީ އާންމުކޮށް ގޭބީސީ އަކަށް ގަންނަ މުދާ އެއް ބާސްކެޓަކަށް އެޅުމަށް ފަހު، އެ ބާސްކެޓުގެ އަގަށް އެވްރެޖްކޮށް އަންނަ ބަދަލަށެވެ. މި ހިސާބު ޖެހުމުގައި ބޭނުންކުރާ މިންގަނޑު ބަދަލު ކުރަނީ ޒަމާނާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލާއެކު، މީހުންގެ އާންމު ހަރަދުތަކަށް އަންނަ ބަދަލުތައް ހިމެނުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.