މި ބޭސް އުފައްދަނީ އިންޑިއާގެ ސަނޯފީ ކިޔާ ކިންފުންޏަކުންނެވެ. އެ ކުންފުންޏާ ހަވާލާދީ އެމްއެފްއެންޑީއޭ އިން ބުނެފައި ވަނީ ބެޗް ނަންބަރު AL1223019, AL1223029 އަދި AL1223060 ގައި މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.
އެލާޖިކާއި ރޯގާ ޖެހުމުން ބޭނުންކުރާ ބޭސް، އެލެގްރާގެ ތިން ބެޗެއްގައި މައްސަލައެއް އުޅޭތީ ވިއްކުން މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްއެންޑީއޭ) އިން މިއަދު ބުނީ، އެލެގްރާގެ ތިން ބެޗެއްގައި މައްސަލަތަކެއް ދިމާވެފައިވާކަން އުފެއްތި ކުންފުނިން އަންގާފައިވާ ކަމަށެވެ. މި ބޭހުގެ ބާރުމިނަކީ 30މގ/5މލ އެވެ.
މި ބޭސް އުފައްދަނީ އިންޑިއާގެ ސަނޯފީ ކިޔާ ކިންފުންޏަކުންނެވެ. އެ ކުންފުންޏާ ހަވާލާދީ އެމްއެފްއެންޑީއޭ އިން ބުނެފައި ވަނީ ބެޗް ނަންބަރު AL1223019, AL1223029 އަދި AL1223060 ގައި މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.
އެހެންކަމުން، މި ތިން ބެޗުގެ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީން ބުނެފައިވެ އެވެ.