މި މާރާމާރީ ހިންގާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 8:00 ހާއިރު އެވެ. މާރާމާރީ ހިންގީ އެއާޕޯޓް މަސައްކަތަށް އައިސް ތިބި ދެ ބިދޭސީންނެވެ. މި މައްސަލައިގައި އެކަކު ހައްޔަރުކޮށްފައިވާއިރު، އަނެކަކަށް ވަނީ އަނިޔާވެފަ އެވެ.
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަަސައްކަތް ކުރާ ދެ މީހަކު ހަތިޔާރު ބޭނުްކޮށްގެން މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
މި މާރާމާރީ ހިންގާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 8:00 ހާއިރު އެވެ. މާރާމާރީ ހިންގީ އެއާޕޯޓް މަސައްކަތަށް އައިސް ތިބި ދެ ބިދޭސީންނެވެ. މި މައްސަލައިގައި އެކަކު ހައްޔަރުކޮށްފައިވާއިރު، އަނެކަކަށް ވަނީ އަނިޔާވެފަ އެވެ.
ފުލުުހުން ބުނީ އެ ދެ މީހުން މާރާމާރީ ހިންގީ ހަތިޔާރު ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް އެއީ ކޮން ކަހަލަ ހަތިޔާރެއް ކަމެއް ނުބުނެ އެވެ.
އަނިޔާވި މިހާއަށް ހަނިމާދޫ ހެލްތް ސެންޓަރުގައި ވަނީ ފަރުވާ ދީފަ އެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ހަނިމާދޫ އެއާޕޯޓް ހަދަނީ އިންޑިއާގެ އެހީގަ އެވެ. އެ މަސައްކަތުގައި މުޅީންހެން އުޅެނީ އިންޑިއާ މީހުންނެވެ.