ބޮޑެތި އަދަދުތައް އިންޓަނެޓް ބޭންކިން އާއި ފަވަރައިން ޕްރޮސެސް ކުރުން ބީއެމްއެލްއިން މެދުކަނޑާލައިފި

ބީއެމްއެލްއިން ބޮޑެތި އަދަދުތައް ދެން ޕްރޮސެސް ކުރާނީ ބޭންކުގެ payroll@bml.com.mv އަށް މެއިލް ރިކުއެސްޓް ކުރުމުންނެވެ.

ބީއެމްއެލް އިންޓަނެޓް ބޭންކުން ހިދުމަތް ބޭނުން ކުރަނީ

ބީއެމްއެލް ޕޭރޯލް އާއި ބަލްކް ޓްރާންސްފާ ކުރުމަށް އިންޓަނެޓް ބޭންކިން އަދި ފަވަރަ ބޭނުން ކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ބޭންކުން ސޯޝަލް މީޑިއާގައި ބުނީ ބޮޑެތި އަދަދު ތަކުން ޖަމާކުރުމަށް ދެން ރިކުއެސްޓް ކުރަން ޖެހޭނީ ކުރިން ވެސް އެކަން ކުރަމުން އައި ގޮތަށް އީމެއިލް މެދުވެރިކޮށް ކަމަށެވެ. 


ބޭންކުން ބުނީ މި ހިދުމަތް ހޯދަން އެ ބޭންކުގެ payroll@bml.com.mv އަށް މެއިލް ރިކުއެސްޓް ފޮނުވުމުން މުސާރަ އާއި ބޮޑެތި އަދަދުތައް ޖަމާ ކުރުން ކުރިއަށް ގެންދާނެ އެވެ. މިއީ މިކަން ކުރިންވެސް ކުރަމުން ދިޔަ ގޮތެވެ. 

ބޭންކުން ވަގުތީ ގޮތުން މި ބަދަލު ގެނެސްފައިވަނީ މިދިޔަ މަހުގެ މުސާރަ ޖަމާކުރި އިރު ލިލީ ބީޗްގެ ބައެއް މުވައްޒަފުންގެ ބޮޑު އަދަދުން ފައިސާ ޖަމާ ކުރެވުމާ ގުޅިގެންނެވެ. ނަމަވެސް މިކަން ހިނގިނަމަވެސް ފައިސާ ގެއްލިފައެއް ނުވެ އެވެ. އަދި މިކަމުގެ ސަބަބުން ބީއެމްއެލް އިން ވަނީ އެކަން ދިމާވީ ހިއުމަން އެރާއަކުން ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.