"ސާޔާ" ގެ ދެވަނަ ޓްރެއިލާ؛ ހުރިހާ އިހުސާސެއް، ވަރަށް އަސަރުގަދަ

ޓްރެއިލާ ބަލާލުމުން ޔަގީން ކުރެވޭ އެއް ކަމަކީ މިއީ ދިވެހީން ބޭނުންވާ ހުރިހާ ރަހައެއް / އިހްސާސެއް އެކުލެވޭ ފިލްމެއް ކަމެވެ.

ސާޔާގެ ދެވަނަ ޓްރެއިލާގެ މަންޒަރެއް

ފިލްމުގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ އާ ފިލްމު "ސާޔާ" ގެ ދެވަނަ ޓްރެއިލާ ދެންމެ ވަނީ ރިލީޒުކޮށްފަ އެވެ. މި މަހުގެ ހަތްވަނަ ދުވަހު ޕްރިމިއާ ކުރާ މި ފިލްމަކީ މި އަހަރު ސްކްރީނަށް އަންނާނެ އެންމެ ރީތި އެއް ފިލްމަށް ވާނެ ކަމަށް ކުރިއްސުރެ އޮތީ ބެލެވިފަ އެވެ.

ފިލްމުގެ ދެވަނަ ޓްރެއިލާ އިން އެކަން އިތުރަށް ޔަގީންކޮށް ދެ އެވެ. މި ފިލްމުގެ ޓީޒާ އާއި އޮފިޝަލް ޓްރެއިލާ އަދި ޕްރޮމޯޝަނަލް ވަރަށް ގިނަ ވީޑިއޯ މިހާރު ވަނީ އާންމުކޮށްފަ އެވެ. އެއިން ކޮންމެ ރިލީޒިން އަކުން ފިލްމަށް ކުރެވޭ އިންތިޒާރު އިތުރު ކުރުވަ އެވެ. ފިލްމު ބަލަން ޝައުގުވެރިކަން އުފައްދަ އެވެ.

ދެވަނަ ޓްރެއިލާ ބަލާލުމުން ވެސް އެ ޝައުގުވެރިކަން އިތުރުކުރުވާނެ ކަން ގައިމެވެ. 

ޓްރެއިލާ ބަލާލުމުން ޔަގީން ކުރެވޭ އެއް ކަމަކީ މިއީ ދިވެހީން ބޭނުންވާ ހުރިހާ ރަހައެއް / އިހްސާސެއް އެކުލެވޭ ފިލްމެއް ކަމެވެ. އިންތިހާ ރީތި ލޯބީގެ ފިލްމެކެވެ. ބިރުވެރި ފިލްމެކެވެ. އުފާވެރި ކަމާއި ހިތްދަތި ކަމުގެ އިހްސާސު ކުރުވާނެ އެވެ. ނާމާން ކަމާއި ބިރުވެރި ކަމުގެ ތެރެއިން ދެން ވާނީ ކިހިނެތްތޯ ސުވާލު އުފެދި ޝައުގުވެރި ކަމާއެކު ބަލާ ނިންމާލެވޭނެ ފިލްމެއް ކަމެވެ.

ތިރީގައި މި ވަނީ ފިލްމުގެ ދެވަނަ ޓްރެއިލާ އެވެ. ބަލައިލާށެވެ. މި ބުނި ހުރިހާ އިހްސާސެއް ކުރެވޭނެ އެވެ.

ޕްރޮޑިއުސަރު އުފަލުން، ދެނީ ޔަގީންކަން

ހެއްވާ މަޖާ ރީތި ފިލްމުތަކެއް ދިވެހި ސްކްރީނަށް ގެނެސް ދީފައިވާ ޝަފީގު، އެ ނޫން ޖޯންރާއެއްގެ ފިލްމެއް ގެނެސްދޭ މިއީ ފުރަތަމަ ފަހަރެވެ. ދިވެހި ފިލްމީ އޯޑިއެންސް ޝަފީގު ބަލައިގަތީ ހެއްވާ މަޖާ ރީތި ފިލްމުތަކެއް ގެނެސްދިން ޕްރޮޑިއުސަރެއްގެ ގޮތުގަ އެވެ.

ނަމަވެސް އެކަން "ސާޔާ" އާ އެކު ބަދަލުވާނެ އެވެ.

ޝަފީގު ބުނި ގޮތުގައި "ސާޔާ" ވާނީ މި އަހަރު އޮލިމްޕަހުގެ ސްކްރީން ގައި އަޅުވާނެ އެންމެ ތަފާތު / އެންމެ ބިރުވެރި އަދި އެންމެ އަސަރުގަދަ ލޯބީގެ ފިލްމަކަށެވެ.

"ދިވެހި ފިލްމު ސަޔާ ވެގެން ދާނީ އޮލިމްޕަސް ތިއޭޓަރު ގުގުމާލާ ވަރުގެ ބިރުވެރި ފިލްމަކަށް،" ޝަފީގު ބުންޏެވެ.

ފިލްމުގެ ޓިކެޓް ބާރު ސްޕީޑެއްގައި ވިކެމުން ދެ އެވެ. އަވަހަށް ޓިކެޓް ނަގާށެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.