ވިދިވިދިގެން ދެ މަހު ކަރަންޓު ބިލް ބޮޑުވި ސަބަބު ހޯދަން އޮޑިޓެއް

މާލޭގައި 60،000 ގޭބިސީ ހުންނައިރު 94 ޕަސެންޓް ގޭބިސީއެއްގެ ބިލް މިދިޔަ މަހަށްވުރެ މިމަހު ކުޑަ އެވެ. ނަމަވެސް ބައެއް ގޭބިސީތަކުގެ ކަރަންޓު ބިލް ބޮޑުވެފައިވާތީ ސްޓެލްކޯއިން ވަނީ އެކަން ބަލަން ނިންމާފަ އެވެ.

ސްޓެލްކޯ އެމްޑީ ހުސެއިން ފަހީމް -- ސްޓެލްކޯ

ބިލް ކުރުމުގައި މައްސަލައެއް ނެތްކަމުގެ ޔަގީންކަން ސްޓެލްކޯއިންދޭ

ކަރަންޓު ބިލް ހަދާ ގޮތާއި ބިލުގެ "އިންޓަގްރިޓީ" އާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާ، ނަމަވެސް ކަރަންޓު ބިލްތައް ބޮޑުވި މާލެ ސަރަހައްދުގެ ގޭބިސީތަކަށް އެކަން ދިމާވި ސަބަބުން ހޯދަން ކަރަންޓު އޮޑިޓެއް ހަދަން ކަރަންޓު ކުންފުނިން ނިންމައިފި އެވެ. 

ބައެއް ގެތަނުގެ ކަރަންޓު ބިލް މިދިޔަ މަހު ވެސް ބޮޑު ވެގެން ކުރަމުންދާ ޝަކުވާތަކާ ބެހޭ ގޮތުން ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީ ހުސެއިން ފަހުމީ މިއަދު ވިދާޅުވި ގޮތުގައި ބިލިން އިންޓަގްރިޓީއާމެދު އެއްވެސް ޝައްޔެއް ނެތެވެ. އަދި މިކަން ފުރިހަމައަށް ޔަގީން ކުރަން ދައުލަތުގެ މުއައްސަސާތަކަށް ދައުވަތު އަރުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބިލް ހެދުމުގައި އޮޅުވާލުމާއި އެއްވެސް މަކަރާއި ހީލަތްހެދުމުގެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް އެމްޑީ ވިދާޅުވި އެވެ، 

"މިގޮތަށް އިންވިޓޭޝަން ދިނީމަ ބައެއް ފަހަރު އެ ބޭފުޅުން ވިދާޅުވެ ޑާޓާ ބޭސްދޭން. އެގޮތަށް ޑާޓާ ބޭހެއް ނުދެވޭނެ. އެއީ އެތައް ރައްޔިތުންގެ ޒާތީ މައުލޫމާތުތަކެއް ހިމެނޭ އެއްޗެއް. އެހެން ނަމަވެސް ވަޑައިގަންނަވަންވީ ސިސްޓަމް ސާފުކޮށް ދައްކާނަން. ބިލް ހެދޭ ގޮތާއި ބިލިން ހިސްޓްރީއާ ސިސްޓަމް ލިޔެފަ ހުރި ގޮތާމެދު،" 

94 ގޭބިސީގެ ކަރަންޓު ބިލް ކުރީ މަހަށްވުރެ ކުޑަ

ސްޓެލްކޯ އިން ވަނީ ބިލް ހަދާގޮތާއި ސިސްޓަމްގެ މައުލޫމާތު ފުރިހަ އަށް ދިނުމުގެ ގޮތުން ބިލް ބޮޑުވި މީހުންގެ ޝަކުވާތައް އަޑު އަހައި އެކަން ބަލަން ހާއްސަ އޮޑިޓެއް ހަދަންވެސް ނިންމާފަ އެވެ. 

ފަހުމީ ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި 60،000 އަށްވުރެ ގޭބިސީ ހުންނައިރު 94 ޕަސެންޓު ގޭބިސީގެ ބިލް މިދިޔަ މަހަށްވުރެ މިމަހު ކުޑަ އެވެ. ނަމަވެސް  މާލެގެ ހަ ޕަސެންޓް ގޭބިސީ އަދި ހުޅުމާލޭގެ 15 ޕަސެންޓް ގޭބިސީގެ ބިލްތައް ބޮޑުވެފައިވާ ކަމަށާ އެކަން ފާހަގަ ކުރެވިގެން ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. 

އެމްޑީ ވިދާޅުވީ ދެމަހު ވެސް ކަރަންޓު ބިލް ކުޑަނުވި ގެތަކަަށް އެކަން ދިމާވި ސަބަބު ހޯދަން ހުޅުމާލޭގެ ގެތަކަށް ވެސް ސްޓެލްކޯގެ މުވައްޒަފުން ކަރަންޓު ނެޓްވޯކާއި ކަރަންޓު ބޭނުންކުރާ ސާމާނު ބަލައި ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. 

"ބިލް ބޮޑުވި ހުރިހާ ގެތަކަށް ޒިޔާރަތްކުރާ ނަން. އޭރުން އެނގޭނެ ބިލް ކުރަމުންދާ ގޮތާއި މައްސަލަ ހުރި އިކުޕްމަންޓްތައް ވެސް އެކަން ވެސް ބަލައިދީ އޮޅުންފިލުވައިދޭނަން،" ފަހުމީ ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.