މިނިސްޓަރު ޝަހީމް ސައުދީއަށް ވަޑައިގެންފި

ކޮންފަރެންސްގައި ދީނުގެ މެދުމިނުގެ އުސޫލުތައް ޒަމާނީ މަފްހޫމުތަކުގެ އަލީގައި ބަޔާންކުރުމާއި ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތަކަށް ހައްލު ހޯދަން މަޝްވަރާ ކުރާނެ އެވެ.

މިނިސްޓަރު ޝަހީމާއި އެ މަނިކުފާނުގެ ވަފުދު

ސައުދީ އަރަބިއްޔާފައި ފަށާ އިސްލާމީ ގައުމުތަކުގެ އިސްލާމިކް މިނިސްޓްރީތައް ބައިވެރިވާ ކޮންފަރެންސެއްގައި ބައިވެރިވެ ވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ސައުދީއަށް ވަޑައިގެންފި އެވެ. މި ދަތުރުފުޅު އަންނަ ބުދައާ ހަމައަށް ދެމިގެން ދާނެ އެވެ.

މާދަމާ މައްކާގައި ފަށާ ކޮންފަރެންސަކީ ސައުދީ ރަސްގެފާނު ސަލްމާނު ބިން އަބްދުލް ޢަޒީޒް އަލް ސުއޫދު އިސްވެ ބާއްވާ ކޮންފަރެންސެކެވެ. މިއީ މީގެ ނުވަނަ ވަނަ ކޮންފަރެންސެވެ. މި އަހަރުގެ މައުލޫއަކީ "މެދުމިނުގެ އުސޫލުތައް ކުރިއެރުވުމާއި، މެދުމިނުގެ އަގުތައް ވަރުގަދަކުރުމުގައި އިސްލާމިކް މިނިސްޓްރީތަކުގެ ދައުރު" އެވެ.

ކޮންފަރެންސްގައި ދީނުގެ މެދުމިނުގެ އުސޫލުތައް ޒަމާނީ މަފްހޫމުތަކުގެ އަލީގައި ބަޔާންކުރުމާއި ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތަކަށް ހައްލު ހޯދަން މަޝްވަރާ ކުރާނެ އެވެ. 

މި ކޮންފަރެންސްގައި 60 އަށް ވުރެ ގިނަ އިސްލާމީ ގައުމުން ވަޒީރުންނާއި، މުފްތީންނާއި އިސްލާމީ މަޖިލިސްތަކާއި މުއައްސަސާތަކާއި ޖަމިއްޔާތައް ތަމްސީލު ކުރާނެ އެވެ. ރާއްޖޭން މިނިސްޓަރާއެކު އިސް އިމާމު ޝައިހް މުހައްމަދު ލަތީފާއި އެހެން ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.