އުމުރުން 23 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އައްޑު އަތޮޅު ހިތަދޫ އިކްއެޓޯރިއަލް ހޮސްޕޮޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އައްޑު އަތޮޅު ހިތަދޫގައި ފެން ހިދުމުގެ ނިޒާމް ގާއިމް ކުރަން މަގު ކޮނެފައިވާ ހިސާބަށް ޖަހާފައިވާ ފަސް ފުންޏެއްގައި ސައިކަލެއް ޖެހި މީހަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތުން ބުނީ ރޭ 11:30 ވާން ދަނިކޮށް ބާރު ސްޕީޑްގައި ދުއްވި ސައިކަލެއްގެ ކޮންޓްރޯލް ގެއްލި އެ ސައިކަލާއެކު އެ މީހާ، ފަސް ފުނީގައި ޖެހި އަނިޔާ ވެފައިވާ ކަމަށެވެ. އުމުރުން 23 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އައްޑު އަތޮޅު ހިތަދޫ އިކްއެޓޯރިއަލް ހޮސްޕޮޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މިހާރު އެ މީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.