ގަލޮޅު އުތުރުގެ ރައީސަކީ މާރިޔާ، ބޮޑު ޗެލެންޖަކުން ހޯއްދެވީ ބޮޑު މޮޅެއް

އެމްޑީޕީގެ "މަންމަ"ގެ ނަމުން މުހާތަބު ކުރެވޭ މާރިޔާ އަކީ އެ ޕާޓީގެ އެންމެ ހިދުމަތްތެރި އެއް މެންބަރެވެ. އެމްޑީޕީއަށް މިހާތަނަށް ކުރިމަތިވި ކޮންމެ އުނދަގޫ ވަގުތެއްގައި އެންމެ ކުރީގައި ހުންނަވަ އެވެ.

ގަލޮޅު އުތުރު ދާއިރާގެ ރައީސްގެ މަގާމަށް ވަދަކުރެއްވި ދެ ބޭފުޅުން

އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސްގެ މަގާމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިންތިހާބުވެވަޑައިގެންފި އެވެ.

މިއަދު އޮތް އެ ދާއިރާގެ ބައި އިލެކްޝަން ގައި އެކަމަނާއާ ވާދަކުރެއްވީ އެމްޑީޕީގެ ޒުވާން މެންބަރެއް ކަމަށްވާ އައިކު އަހްމަދު އީސާ އެވެ.

މާރިޔާ ވަނީ 89 ވޯޓް ހޯއްދަވާފަ އެވެ. އައިކަަށް ލިބުނީ 28 ވޯޓެވެ.

އެމްޑީޕީގެ "މަންމަ"ގެ ނަމުން މުހާތަބު ކުރެވޭ މާރިޔާ އަކީ އެ ޕާޓީގެ އެންމެ ހިދުމަތްތެރި އެއް މެންބަރެވެ. އެމްޑީޕީއަށް މިހާތަނަށް ކުރިމަތިވި ކޮންމެ އުނދަގޫ ވަގުތެއްގައި އެންމެ ކުރީގައި ހުންނަވަނީ އެކަމަނާ އެވެ. ރައީސް ސޯލިހްގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުގެ މަގާމު ފުރުއްވި މާރިޔާ އަހްމަދު ދީދީ އަކީ ސިޔާސީ މައިދާނުގައި މިވަގުތު ހުންނެވި އެންމެ ނުފޫޒު ގަދަ އަންހެން ލީޑަރެވެ.

އެކަމަނާ އަކީ ރާއްޖޭގެ އަންހެނުންގެ ތެރެއިން ވަރަށް ޝަރަފުވެރި ގިނަ މަގާމުތަކެއް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ފުރަތަމަ އަންހެން ގާނޫނީ ވަކީލަކީ އެކަމަނާ އެވެ. ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރަކީ އެކަަމަނާ އެވެ. ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އަންހެނުން ފާހަގަކޮށްދޭ އެވޯޑް ވެސް އެކަމަނާ ވަނީ ހޯއްދަވާފަ އެވެ. 

އެމްޑީޕީގެ "ޖަޑިބު" ގެ ގޮތުގައި މަގުތަކަށް ނިކުންނަވާ ރެލީތައް ލީޑުކުރެއްވި ފުރަތަމަ އަންހެން މެންބަރަކީ ވެސް އެކަމަނާ އެވެ.

މިއަދުގެ އިންތިހާބު ގައި އެކަމަނާ އަށް ބޮޑު ޗެލެންޖެއް އޮތެވެ. ދާއިރާގެ މަޖިލީސް މެންބަރާއި ޕާޓީގެ ޒުވާނުންގެ ގިނަ ބަޔަކާ ލީޑާޝިޕްގެ ގިނަ ބޭފުޅުން ވެސް މާރިޔާއަށް ތާއީދެއް ނުކުރެއްވި އެވެ. ނަމަވެސް މެންބަރުންގެ ފުރިހަމަ ތާއީދާއެކު އިންތިހާބު ކާމިޔާބު ކުރައްވާ ތާރީހީ ކާމިޔާބެއް ހޯއްދެވީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.