ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މާލޭގައި އެއްވުމެއް ބާއްވަނީ

އެއްވުން އޮންނާނީ މާދަމާ ހަވީރު 4:15 އިން ހަޔަކަށް މާލޭ އާރޓިފިޝަލް ބީޗް ސަރަހައްދު ގައި ކަމަށެވެ. މި އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ އެސޯސިއޭޝަނުން އެދެ އެވެ.

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މާލޭގައި އެއްވުމެއް ބާއްވަނީ

ފަލަސްޠީނުގެ މުސްލިމް އަޚުންނަށް އަނިޔާވެރި ޔަހޫދީން ދެމުންގެންދާ ލާއިންސާނީ ޙަމަލާތަކާ ދެކޮޅަށް އެއްވުމެއް ބޭއްވުމަށް އިސްރާ އެސޯސިއޭޝަނުން ނިންމައިފި އެވެ. 

އެއްވުން އޮންނާނީ މާދަމާ އެވެ.

ދަ މިރާއަށް މައުލޫމާތު ދެމުން އިސްރާ އެސޯސިއޭޝަނުން ބުނީ އިސްރާއީލުގެ ޖައްބާރު ޔަހޫދީން ފަލަސްތީނުގެ މުސްލިމުންނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާއި ތައުލީމީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކާއި އާންމު ހިދުމަތްދޭ ތަންތަނަށްދޭ ހަމަލާތަކާއި ނޫސްވެރިންނަށް އަމާޒުކޮށްދޭ ހަމަލާތަކާ ދެކޮޅަށް އަޑު އުފުލާ އެ ނުބައި ޖަރީމާތައް ހުއްޓާލުމަށް ގޮވާލާ އެއްވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީން ރައްޔިތުންގެ ހައްގުގައި އަޑު އުފުލާ, އެ ގައުމުގެ މުސްލިމުންނާއެކު ތިބިކަން ހާމަކޮށް އެއްވުންތަކާއި އެހެނިހެން ހަރަކާތްތައް ބޭއްވުމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރައްވާ ބޭފުޅުން ގޮވާލައްވާފައި ކަން ވެސް އެ އެސޯސިއޭޝަނުން ފާހަގަ ކުރެ އެވެ.

އެކަމަށް އިޖާބަ ދިނުމަކީވެސް މި އެއްވުން ބޭއްވުމުގެ އެއް މަގުސަދެވެ. މި އެއްވުމުގައި ރާއްޖޭގެ މަދަނީ ބައެއް ޖަމިއްޔާތަކާއި ޖަމާއަތްތަކުން ބައިވެރިވެ އެވެ.

އިސްރާ އިން ބުނީ އެއްވުން އޮންނާނީ މާދަމާ ހަވީރު 4:15 އިން ހަޔަކަށް މާލޭ އާރޓިފިޝަލް ބީޗް ސަރަހައްދު ގައި ކަމަށެވެ. މި އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ އެސޯސިއޭޝަނުން އެދެ އެވެ.

އިސްރާ އެސޯސިއޭޝަނަކީ ފަލަސްތީނުގެ ހައްގު ގައި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއް ގައި މަސައްކަތްކުރާ ދިވެހި އެއް ޖަމިއްޔާއެވެ. އެގޮތުން ފާއިތުވި މެއި މަހުގައި އާޓިފިޝަލް ބީޗުގައި ވަނީ "ރަފަހް އަންދާލަނީ" ގެ ސްލޯގަންގެ ދަށުން ބޮޑު އެއްވުމެއް ބާއްވާފައެވެ. އަދި ޖޫން މަހު ވަނީ ހުޅުމާލޭގައި ބޮޑު ވެހިކަލް ރެލީއެއް ބާއްވާފަ އެވެ. ޖުލައި މަހު އިލްމީ ފޯރަމެއް ވެސް ބޭއްވި އެވެ. އަދި މިނޫންވެސް ތަފާތު ސޯޝަލް މީޑިޔާ ކެންޕެއިންތަކާއި ހަރަކާތްތައް އެ ޖަމިއްޔާއިން ބާއްވަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.