އިސްލާމިކް މިނިސްޓްރީން ކަންކުރާނީ އަދާލަތުން އަންގާ ގޮތަކަށް ނޫން: މިނިސްޓަރު

ޝަހީމް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާ ވަރުގަދަ ރައްދެއް ދެއްވާފަ އެވެ. ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ކަންކުރާނީ އަދާލަތު ޕާޓީން އަންގާ ގޮތަކަށް ނޫން ކަމަަށެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އަދި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމިކް މިނިސްޓްރީން ކަންކުރާނީ އަދާލަތު ޕާޓީން އަންގާ ގޮތަކަށް ނޫން ކަމަަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްދު ދެއްވައިފި އެވެ.

މިނިސްޓަރު ޝަހީމް މި މޭރުމުން ރައްދު ދެއްވީ ހަމާސްގެ ލީޑަރު / ފަލަސްތީނުގެ ބޮޑު ވަޒީރު އިސްމާއީލް ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރުން އިމާމުންނަށް އިހުތިޔާރީ ކަމެއްގެ ގޮތުގައި ހަމަޖެއްސެވުމާއި ގުޅިގެން ކުރީގެ މިނިސްޓަރު ޒާހިރު އެ ނިންމެވުމަށް ފާޑުވިދާޅުވުމުންނެވެ.

ޒާހިރު ވިދާޅުވީ ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކޮށްދިނުމަށް އަދާލަތު ޕާޓީން ސަރުކާރުގައި ރަސްމީކޮށް އެދިފައިވާ ކަމަށެވެ. އެ ކަމަށް އިސްލާމިކް މިނިސްޓްރީން އެއްވެސް ޖަވާބެއް ދެއްވާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ޣައިބަށް ކަށު ނަމާދު ކުރުން އިމާމުންނަށް އިހުތިޔާރީ ކަމެއްގެ ގޮތުގައި ހަމަޖެއްސެވުމުން ވެސް ޒާހިރު ފާޑުވިދާޅުވި އެވެ.

"މިއަދު ހެނދުނު އިމާމުން ތިއްބަވާ ވައިބާ ގްރޫޕެއްގަ 'ކަށުނާދު ކުރަން ބޭނުން އިމާމަކަށް ކަށުނަމާދު ކުރުމުގެ ފުރުސަތު އޮތްކަން' ދަންނަވާލުމަކީ އެއް ގޮތަކަށް ވެސް ބަލައި ގަނެވޭނެ ކަމެއް ނޫން،" ޒާހިރު ވިދާޅުވި އެވެ.

ޝަހީމް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާ ވަރުގަދަ ރައްދެއް ދެއްވާފަ އެވެ. ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ކަންކުރާނީ އަދާލަތު ޕާޓީން އަންގާ ގޮތަކަށް ނޫން ކަމަަށެވެ.

މިނިސްޓްރީން ކަންކުރާނީ އިލްމުވެރީންގެ ފުރިހަމަ މަޝްވަރާއާއެކު ގުރުއާނާ ސުންނަތާ އެއްގޮތަށް ކަމަށެވެ. 

"ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ދެމި ތިބޭނަން،" ޒާހިރަށް ރައްދު ދެއްވާ މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

އިހްތިޔާރީ ކަމެއްގެ ގޮތުގައި ހަމަޖެއްސެވުމުން ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރީ ވަރަށް މަދު މިސްކިތްތަކެއްގަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.