ވެހިކަލް މަނާ ދެގަޑިއިރު؛ ހުއްދަ ނެތި ދުއްވައިފިނަމަ ފިޔަވަޅު އަޅާނެ

މި ވަގުތުތަކުގައި ދުއްވޭނީ ހުއްދަ ދީފައިވާ ވަކި އުޅަނދުތަކަކަށް އެކަންޏެވެ.

މާލޭގެ މަގެއް މަތި: މިއަދު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ -- ދަ މިރާ

މާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުގައި އުޅަނދު ދުއްވާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަން ޓްރާސްޕޯޓް މިނިސްޓްރީން ހަނދާން ކޮށްދީފި އެވެ.

މިނިވަން ދުވަހުގެ މުނާސަތާ ގުޅިގެން މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ މިއަދު ހަވީރު 4:00 އިން 6:00 އަށް މާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއް ކަމުގައި ވަނީ ކަނޑައަޅާފަ އެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ބުނީ މި ވަގުތުތަކުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ހުއްދަ ދީފައިވާ ވަކި އުޅަނދުތަކެއް ފިޔަވައި އެހެނިހެން އުޅަނދުތައް ގްރޭޓާ މާލެ ސަރަހައްދުގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ގާނޫނު" ގެ ދަށުން މަނާކަމެއް ކަމުގައި އާންމުކޮށް އަންގާ އިއުލާނު ކުރާ ކަމަށެވެ.

ހުއްދަ ދީފައިވާ އުޅަނދުތަކަކީ؛

  •  ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
  •  އެމްބިއުލެންސް
  •  ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ އުޅަނދު
  •  ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތް
  •  ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދެވޭ އުޅަނދުތައް
  •  މި ގަޑިތަކުގައި ދުއްވުމުގެ ހުއްދަ ދެވިފައިވާ އެހެނިހެން އުޅަނދުތައް

މި އެންގުމާއި ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ކަމަށް ވެސް ބުންޏެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އިން ހިނގާލުން ބާއްވަން ފުރަތަމަ ނިންމީ މިދިޔަ ހުކުރު ދުވަހު އެވެ. އެއީ 59 ވަނަ މިނިވަން ދުވަހެވެ. ނަމަވެސް އެ ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓުުން ލަފާކުރުމުން ޝަރަފުގެ ހިނގާލުން ފަސްކުރީ އެވެ.

އެ ފަހަރުވެސް ވެހިކަލް މަނާ ގަޑި ކަނޑައެޅި އެވެ. އެ ނިންމުން ބާތިލުކުރީ ހިނގާލުން ފަސްކުރުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.