ނޮޅިވަރަމްފަރުގެ 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ނެރެފި

މި ލިސްޓްގައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު ޝަކުވާއެއް ވާނަމަ ޝަކުވާ ހުށައަޅަން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ހދ. ނޮޅިވަރަމްފަރު: އެރަށުގައި އަޅާފައިވާ 100 ހައުސިން ޔުނިޓް ލިބޭނެ މީހުން ވަނީ ކަނޑައަޅާފައި — ފޮޓޯ: ޒުވާން މަސްވެެރިޔާ

ހދ. ނޮޅިވަރަންފަރު ގައި އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު ނެރެފި އެވެ.

އެރަށު ކައުންސިލުން ވަނީ ކެޓަގަރީ އޭ އަދި ކެޓަގަރީ ބީ އަށް ފޯމް ހުށަހަޅާފައިވާ މީހުންނަށް ލިބިފައިވާ ޕޮއިންޓްގެ ވަގުތީ ނަތީޖާގެ ތަފްސީލް ހިމަނާ ލިސްޓު އާންމުކޮށް ގެޒެޓް ވެސް ކޮށްފަ އެވެ.

މި ލިސްޓްގައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއް ވާނަމަ ޝަކުވާ ހުށައަޅަން ވެސް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ކައުންސިލުން ބުނީ އެ ފުރުސަތު މި މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ހުޅުވާލާފައިވާ ކަމަށެވެ. އެ މުއްދަތުގެ ކުރީން ޝަކުވާ ސާފުވާނެހެން ލިޔުމުން  ކައުންސިލު އިދާރާއަށް ހުށަހެޅުމަށް އެދިފައިވެ އެވެ. އީމެއިލްގެ ޒަރިއްޔާއިން ވެސް ޝަކުވާ ހުށަހެޅޭނެ އެވެ.

ކައުންސިލުން ބުނީ މި މުއްދަތުގެ ފަހުން ހުށަހަޅާ ޝަކުވާ އާއި އަނގަބަހުން ހުށަހަޅާ ޝަކުވާ ބަލައި ނުގަނެވޭނެ ކަމަށެވެ.

ވަގުތީ ނަތީޖާ ލިސްޓްގައި ވާ ފަރާތް ތަކުގެ ތެރެއިން ދެމަފިރިންނަށް ހައުސިން ޔުނިޓް ލިބޭ މިންވަރަށް ޕޮއިންޓް ލިބިފައިވާނަމަ ދެމަފިރިންގެ ތެރެއިން ހައުސިން ޔުނިޓް ދޫކޮށްލާ މީހާގެ މައުލޫމާތު ދެ ފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހައި ލިޔުމުން ކައުންސިލު އިދާރާއަށް އެންގުމަށް ވަނީ އެދިފަ އެވެ. އެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

ކައުންސިލުން ބުނީ ލިސްޓު އާންމުކޮށްފައި ވަނީ އެންމެ މަތިން ތިރިއަށް މާކްސް ލިބިފައިވާ ތަރުތީބުން ކަމަށެވެ. އަދި މި ހައުސިން ޔުނިޓްތަކަށް ޕޮއިންޓް ދިނުމަށް އެކުލަވާލެވިފައިވާ އުސޫލު ވެސް އާންމުކޮށްފައިވާ ކަމަަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.