ބެންކުން ވަނީ އެ ބެންކުގެ ސިސްޓަމްތަކަކީ ރައްކާތެރި ސިސްޓަމްތަކެއްކަން ކަސްޓަމަރުންނަށް ޔަގީންކޮށް ދޭ ކަމަށް ވެސް ބުންޏެވެ.
މިއަދު މެންދުރުން ފެށިގެން ތިންގަޑިއެއްހާ އިރަށް އެޕްގެ ހިދުމަތް މެދުކެނޑުނެވެ. ބެންކުން ބުނީ އެ މައްސަލަ ދިމާވީ މައިކްރޮސޮފްޓަށް ދިމާވި ސައިބަ އެޓޭކަކާއި ގުޅިގެން ކަމަށެވެ.
މައްސަލަ ޖެހުނު ވަގުތު ބައެއް މީހުންގެ އެކައުންޓްތަކުގައި ވަރަށް ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށް ދެއްކި އެވެ. ބެންކުން ބުނީ މިހާރު އެ މައްސަލަ ވެސް ހައްލުކޮށްފައިވާ ކަމަށެވެ.
މިހާ ގިނަ ވަގުތަށް ބެންކުގެ އެޕަށް މައްސަލަ ދިމާވެ ހިދުމަތް ހުއްޓުމުން ވަރަށް ގިނަ ބަޔަކަށް ދަތިތައް ކުރިމަތިވި އެވެ. އެކަމަށް ބެންކުން ވަނީ މާފަށް އެދިފަ އެވެ.
ބެންކުން ވަނީ އެ ބެންކުގެ ސިސްޓަމްތަކަކީ ރައްކާތެރި ސިސްޓަމްތަކެއްކަން ކަސްޓަމަރުންނަށް ޔަގީންކޮށް ދޭ ކަމަށް ވެސް ބުންޏެވެ.