ހަމާސްގެ ލީޑަރު އަވަހާރަކޮށްލުން ދިވެހި ސަރުކާރުން ކުށްވެރި ކޮށްފި

ފޮރިން މިނިސްޓްރީން އިނގިރޭސި ބަހުން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ހަނިއްޔާ އަވަހާރަކޮށްލުން ދިވެހި ސަރުކާރުން ކުށްވެރި ކުރައްވާ ކަމަށެވެ.

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސްގެ ލީޑަރު އަދި ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުން ދިވެހި ސަރުކާރުން ރަސްމީކޮށް ކުށްވެރި ކޮށްފި އެވެ.

އެމަނިކުފާނު އަވަހާރަކޮށްލީ އީރާނުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައިވާ ޑރ. މަސްއޫދު ޕެޒެޝްކިއާން މަގާމުގެ ހުވައި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެެރިވެވަަޑައިގެންނެވުމަށް އެ ގައުމަށް ވަޑައިގެން ހުންނަވަނިކޮށެވެ. އެ ރަސްމިއްޔާތުގައި ހަނިއްޔާ ބައިވެެރިވެވަޑައިގެންނެވި އެވެ. އަވަހާރަކޮށްލެއްވީ އޭގެ ފަހުން އިރާންގައި ހުންނަ އެމަނިކުފާނުގެ ގެކޮޅަށް ވަޑައިގެންތާ މާގިނައިރުތަކެއް ނުވަނީސް ދިން ހަމަލާތަކެއްގަަ އެވެ.

ފޮރިން މިނިސްޓްރީން އިނގިރޭސި ބަހުން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ހަނިއްޔާ އަވަހާރަކޮށްލުން ދިވެހި ސަރުކާރުން ކުށްވެރި ކުރައްވާ ކަމަށެވެ. ސަރުކާރުން ވަނީ އިންސާނީ ހައްގު ދަމަހައްޓާ ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އުދުވާން ނިމުމަކަށް ގެނެސް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ގޮވާލައްވާފަ އެވެ. 

އިރާންގެ ތެރޭގައި ރޭވިގެން މިހާ ވަރުގަދަ ހަމަލާއެއް ދިން ސަބަބުު ދެނެގަތުމަށް ވަރުގަދަ ތަހުގީގެއް ފަށައިފި ކަމަށް ވެސް އިރާނުން ވަނީ ބުނެފަ އެވެ. ހަމާސް އިން ބުނީ މިއީ އިޒްރޭލުން ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ. ހަމަލާގައި ހަނިއްޔާ ޝަހީދުވެވަޑައިގެންފައިވާ ކަމަށާ ވަރަށް ހިތިކޮށް އެ ހަމަލާގެ ބަދަލު އިޒްރޭލުގެ ކިބައިން ހިފާނެ ކަމަށެވެ.

އިޒްރޭލުން ނައްތާލަން ބޭނުންވާ މީހުންގެ ތެރެއިން އެންމެ އިސް އެކަކީ ހަނިއްޔާ އެވެ. ނަމަވެސް މިހަަމަލާއަށް ފަހު އިޒްރޭލުން އަދި ވާހަކައެއް ނުދައްކަ އެވެ.

ހަނިއްޔާ އަަވަހާރަވުމާއި ގުޅިގެން އިސްލާމީ ގައުމުތަކުގެ ގިނަ ރައްޔިތުން ދަނީ ހިތާމަފާޅު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.