ޕްލާސްޓިކު ކުދި ފެން ފުޅި މަނާކުރުން 2026 އަށް ފަސްކޮށްފި

ޕްލާސްޓިކް އުފެއްދުންތައް ހުއްޓާލުމަށް "ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނެ" އް އެކުލަވާލާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ.

މޫދަށް ޖަމާވެފައިވާ ޕްލާސްޓިކް ހުސްކުރި ފުޅިތަކެއް: އެއް ލީޓަރަށްވުތެ ކުރި ޕްލާސްޓިކް ފެންފުޅި މަނާކުރުން ވަނީ ފަސްކޮށްފައި --

ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކު ބާވަތުގެ ލިސްޓުގެ ދަށުން، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެން ފުޅި މަނާކުރާ ތާރީހު 2026 އަށް ފަސްކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި އިއްޔެ ނެރުއްވި ގަރާރުގައިވާ ގޮތުގައި، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އުފެއްދުމާއި ރާއްޖެއަށް އެތެރެކުރުމާއި ބާޒާރަށް ނެރުން މަނާ ވާނީ މާޗް 1، 2026 އިން ފެށިގެންނެވެ. 

މިއީ ޕްލާސްޓިކް ކުދި ފުޅި މަނާކުރުން ފަސްކުރި ދެވަނަ ފަހަރެވެ. މި ލިސްޓުގައި ފުރަތަމަ ކުދި ޕްލާސްޓިކް ފެންފުޅި މަނާވާނެ ކަމަށް ބަޔާންކޮށްފައި އޮތީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެންނެވެ. އެކަމަކު، އޭރު ރައީސް ނެރުއްވި ގަރާރާކުން މިއަދު މަނާވާނެ ކަމަށް ބަޔާންކުރައްވާފައިވީ ނަމަވެސް އަނެއްކާ ވެސް މިވަނީ ފަސްކޮށްފަ އެވެ.

ޕްލާސްޓިކް އުފެއްދުންތައް ހުއްޓާލުމަށް "ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނެ" އް އެކުލަވާލާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ. އެމަނިކުފާނު ނެރުއްވި ގަރާރުގައިވާ 14 ބާވަތުގެ ތެރެއިން 13 ބާވަތް މިހާރު ވަނީ މަނާކޮށްފަ އެވެ.

މަނާކުރި ބާވަތްތަކުގެ ތެރޭގައި، ޕްލާސްޓިކް ސްޕާރީ ޕެކެޓާއި، ޕްލާސްޓިކް ކާ ތަށި، ސަމުސާ، ވަޅި، އޫ އަދި ދިޔާ ތަކެތި ގިރަން ބޭނުން ކުރާ ދަނޑިކޮޅާއި 500 އެމްއެލް އަށްވުރެ ކުދި ތައްޔާރީ ބުއިންތަކާއި ފެންފުޅި މަނާކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.