ދުންފަތުގެ ބާވަތްތަކުން ޑިއުޓީ އިނާޔަތް ދިނުން ހުއްޓާލުން ފަސްކޮށްފި

ކުރީން އޮތް ގޮތުން، ދުންފަތުގެ ބާވަތްތަކަށް ޑިއުޓީ އިނާޔަތް ދިނުން ހުއްޓާލަން ނިންމާފައި ވަނީ މިއަދުން ފެށިގެންނެވެ.

މީހަކު ސިނގިރޭޓް ބޮނީ: ދުންފަތް ހިމެނޭ ބާވަތްތަކުން ޑިއުޓީ އިނާޔަތް ހުއްޓާލުން ވަނީ ފަސްކޮށްފައި --

ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެތަކެތި ބުއިމަށް ބޭނުންކުރާ ޑިވައިސްތަކުން ޑިއުޓީ އިނާޔަތްދިނުން ހުއްޓާލާ ސުންގަޑި ފަސްކޮށްފި އެވެ.

ކުރީން އޮތް ގޮތުން، ދުންފަތުގެ ބާވަތްތަކަށް ޑިއުޓީ އިނާޔަތް ދިނުން ހުއްޓާލަން ނިންމާފައި ވަނީ މިއަދުން ފެށިގެންނެވެ. 

ނަމަވެސް ރޭ ކަސްޓަމްސް އިން ބުނެފައި ވަނީ "ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުން ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެންނަ ތަކެތިން ޑިޔުޓީ މައާފު ކުރުމުގެ އުސޫލު" އަށް ގެނައި ބަދަލުގެ ދަށުން ދުންފަތް ހިމެނޭ ބާވަތްތަކުން ޑިއުޓީ އިނާޔަތް ދިނުން ހުއްޓާލުން އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހަކަށް ފަސްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އީ-ސިނގިރޭޓާއި ޝީޝާ ފަދަ ތަކެތި ހިމެނެ އެވެ.

އެކަން ފަސްކުރި ނަމަވެސް އެ އުސޫލުގެ ދަށުން ގެނެސްފައިވާ އެހެން ބަދަތުތައް މިއަދު ފެށިގެން ތަންފީޒު ކުރަން ވަނީ ފަށާފަ އެވެ. އެގޮތުން، އަމިއްލަ ފަރާތްތަކުން ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތިން ދެން ޑިއުޓީ މައާފުކޮށްދޭނީ 10،000 ރުފިޔާގެ ތަކެއްޗެވެ.

އަދި އެތަކެތި 10،000 ރުފިޔާއަށްވުރެ ބޮޑުވާނަމަ، ގުޑްސް ޑިކްލަރޭޝަން ހުށަހަޅަން ވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.