ބިދޭސީންގެ މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނީ މި މާރާމާރީއާ ގުޅިގެން ފަސް މީހަކު ފުލުހުން ބެލުމުގެ ދަށް ގެނައި ކަމަށެވެ، ނަމަވެސް އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ދޫކޮށްލީ ކީއްވެގެން ކަމެއް ނުބުނެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރާ

ރޭ ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މި މާރާމާރީ ހިންގާފައި ވަނީ މާލޭގެ އަސްރަފީ މަގުގައި ރޭ 12:30 ހާއިރު ކަމަށެވެ. މި ހާދިސާގައި ދެ މީހަކަށް އަނިޔާ ވުމުގެ ސަބަބުން އައިޖީއެމްއެޗަށް ގެންގޮސް ވަނީ ފަރުވާ ދީފަ އެވެ. ފަރުވާ ދިނުމަށްފަހު ދެ މީހުން ވެސް ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުން ބުނީ މި މާރާމާރީއާ ގުޅިގެން ފަސް މީހަކު ފުލުހުން ބެލުމުގެ ދަށް ގެނައި ކަމަށެވެ، ނަމަވެސް އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ދޫކޮށްލީ ކީއްވެގެން ކަމެއް ނުބުނެ އެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އެމީހުން މާރާމާރީ ހިންގި ވަގުތު ނަގާފައިވާ ވީޑިއޯ އެއް ވަނީ އާންމުވެފަ އެވެ. މާރާމާރީގައި އެކަކު އަނެކަކު ގައިގައި ތަޅަން ދަނޑިބުރި ފަދަ އެއްޗެއް ވަނީ ބޭނުންކޮށްފަ އެވެ. މާރާމާރީ ހިނގާފައި ވަނީ ބިދޭސީން ދެ ގްރޫޕެއްގެ ދެމެދު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.