ޖަލު އޮފިސަރުން ހޯދަނީ، މުސާރައަކީ 15072 ރުފިޔާ

ކަރެކްޝަނުން ބުނީ އެ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މުސާރަ އަކީ 15،072 ރުފިޔާ އެވެ.

ކަރެކްޝަންގެ ދެ މުވައްޒިފެއް: ޖަލު އޮފިސަރުން ހޯދަން ވަނީ އިއުލާނު ކޮށްފައި

ޖަލު އޮފިސަރުން ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއުލާނު ކޮށްފި އެވެ.

ކަރެކްޝަނުން ބުނީ އެ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މުސާރަ އަކީ 15،072 ރުފިޔާ އެވެ. ވަޒީފާއަށް ފޯމް ހުށައެޅުމުގެ ސުންގަޑި އަކީ އޮގަސްޓް 28 ވަނަ ދުވަހެވެ.

މަސައްކަތް ކުރަން ޖެހޭނީ މާފުށީ ޖަލާއި އައްސޭރި ޖަލާއި ހުޅުމާލެ ޖަލުގަ އެވެ. އެ ވަޒީފާއަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭނެ ޝަރުތުތަކަކީ؛

  •  މަސައްކަތް ކުރުމުގެ ހުނަރާއި ގާބިލްކަން
  •  ދިވެއްސަކަށްވުން
  •  ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު
  •  އެ ފެންވަތުގެ ވޮކޭޝަނަލް ސެޓްފިކެޓެއް
  •  އުމުރުން 18 އަހަރުފުރި 35 އަހަރު ނުފުރޭ މީހަކަށްވުން
  •  ރަނގަޅު ސިއްހަތެއްގައި ހުރުން
  •  ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން
  •  މަނާ މަސްތުވާއެއްޗަކުން އެެކަހެރިވުމަށް ފަރުވާ ހޯދާފައިވާ މީހަކަށް ނުވުން

ވަޒީފާއަށް މީހުން ހޮވުމުގައި ހަށިހެޔޮ ކަން ދެނެގަތުމަށް ދޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވާ މީހުންނަށް އިސްކަން ދޭނެ އެވެ. އަދި މެޑިކަލް އެގްޒަމިނޭޝަނާއި ކުރެވޭ އިންޓަވިއު އާއި ބެކްގްރަންޓް އެސެސްޓަމްޓުން ފާސްވާ މީހުންނަށް އިސްކަން ދޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.