އެޗްއާރްސީއެމަށް ހަބީބް އައްޔަނު ކުރަން ރުހުން ދީފި

ކޮމެޓީގެ ނިންމުމަށް މިއަދު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުން 73 މެންބަރުން ވަނީ ފެންނަ ކަމަށް ވޯޓް ދީފަ އެވެ.

އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް: އެޗްއާރްސީއެމްގެ މެންބަރު ކަމަށް އައްޔަނުކުރަން މަޖިލީހުން ވަނީ ފާސްކޮށްފައި --

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ހުސްވެފައިވާ ގޮނޑިއަށް، އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އިސްމާއިލް ހަބީބް އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވީ ކުރިން އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. އަހްމަދު އަދުހަމް އަބްދުﷲ އިސްތިއުފާ ދެއްވުމުންނެވެ. އެހެންވެ، އެމަގާމަށް ހަބީބް އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

އެ ކޮމިޝަންގެ މެންބަރު ކަމަށް ހަބީބް އައްޔަނު ކުރަން ފާސްކޮށްފައި ވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން އޭނާއާ އިންޓަވިއު ކުރުމަށްފަހު، ކޮމެޓީން ފާސްކޮށްގެންނެވެ. ކޮމެޓީގެ ނިންމުމަށް މިއަދު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުން 73 މެންބަރުން ވަނީ ފެންނަ ކަމަށް ވޯޓް ދީފަ އެވެ. 

ހަބީބް ކުރިން ހުންނެވި އީސީގެ މެންބަރު ކަމުގެ ދައުރު ހަމަވެފައި ވަނީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. ހަބީބް ވަނީ އީސީގެ މެމްބަރުކަން ދެ ދައުރު ފުރިހަމަ ކުރައްވާފަ އެވެ. ދެވަނަ ދައުރަކަށް ހަބީބް އައްޔަނުކޮށްފައި ވަނީ މާޗު 13، 2019 ގަ އެވެ. އަދި، ކޮމިޝަންގެ ނައިބް ރައީސްގެ މަގާމަށް އައްޔަނުކޮށްފައި ވަނީ ޖެނުވަރީ 25، 2021 ގައެވެ.

ހަބީބަކީ އީސީގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރި މުވައްޒަފެވެ. ވޭތުވެ ދިޔަ 21 އަހަރު އޭނާ މަސައްކަތް ކުރެއްވީ އެ ކޮމިޝަންގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.