އިރުކޮޅެއްގެ ފަހުން ބާރު ސްޕީޑްގައި ދުއްވާފައި އަންނަ ރަތް ކުލައިގެ ކާރެއް ފެނެ އެވެ. ކާރު އޭރު ވެސް ވަނީ ކޮންޓްރޯލުން ނައްޓާފަ އެވެ. ކާރުން ޖެހި އެ ފިރިހެން މީހާ ވިއްސައިގެންދެ އެވެ.
އެކްސިޑެންޓް ހިނގީ ހިޔާ އަވަށުގެ ވިނަރެސް ފްލެޓް ކައިރީގަ އެވެ. އެކްސިޑެންޓް ހިނގީ ކާރަކާއި ސައިކަލެއް ޖެހި އެވެ.
މިއަދު މެންދުރު ފަހު ހިނގި އެކްސިޑެންޓް ގައި ފިރިހެނަކަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. އެ މީހާއަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
އެކްސިޑެންޓްގެ މަންޒަރު ފެންނަ ސީސީޓީވީ ފްޓޭޖެއް މިހާރު ވަނީ އާންމުވެފަ އެވެ. ވީޑިއޯގައި ފެންނަނީ ސައިކަލެއް ގައި އައި މެދު އުމުރުގެ މީހަކު މަގުގެ އަރިމައްޗެއްގައި މަޑުކޮށްގެންލައިގެން އިންނަ މަންޒަރެވެ. އިރުކޮޅެއްގެ ފަހުން ބާރު ސްޕީޑްގައި ދުއްވާފައި އަންނަ ރަތް ކުލައިގެ ކާރެއް ފެނެ އެވެ. ކާރު އޭރު ވެސް ވަނީ ކޮންޓްރޯލުން ނައްޓާފަ އެވެ.
ކާރުން ޖެހި އެ ފިރިހެން މީހާ ވިއްސައިގެންދެ އެވެ.
މި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.