ހަމާސްގެ ލީޑަރު ހަނިއްޔާ އަވަހާރަކޮށްލައިފި

ހަމާސް އިން ބުނީ މިއީ އިޒްރޭލުން ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ. ވަރަށް ހިތިކޮށް އެ ހަމަލާގެ ބަދަލު އިޒްރޭލުގެ ކިބައިން ހިފާނެ ކަމަށެވެ.

ހަމާސްގެ ލީޑަރު އަދި ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސްގެ ލީޑަރު އަދި ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފި އެވެ.

އެމަނިކުފާނު އަވަހާރަކޮށްލީ އީރާނުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައިވާ ޑރ. މަސްއޫދު ޕެޒެޝްކިއާން މަގާމުގެ ހުވައި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެެރިވެވަަޑައިގެންނެވުމަށް އެ ގައުމަށް ވަޑައިގެން ހުންނަވަނިކޮށެވެ. އެ ރަސްމިއްޔާތުގައި ހަނިއްޔާ ބައިވެެރިވެވަޑައިގެންނެވި އެވެ. އަވަހާރަކޮށްލެއްވީ އޭގެ ފަހުން އިރާންގައި ހުންނަ އެމަނިކުފާނުގެ ގެކޮޅަށް ވަޑައިގެންތާ މާގިނައިރުތަކެއް ނުވަނީސް ދިން ހަމަލާތަކެއްގަަ އެވެ.

އެކަން އިރާންގެ ސަރުކާރާއި ހަމާސް އިން ވެސް ޔަގީން ކޮށްދެ އެވެ.

އިރާންގެ ތެރޭގައި ރޭވިގެން މިހާ ވަރުގަދަ ހަމަލާއެއް ދިން ސަބަބުު ދެނެގަތުމަށް ވަރުގަދަ ތަހުގީގެއް ފަށައިފި ކަމަށް ވެސް އިރާނުން ބުންޏެވެ. ހަމާސް އިން ބުނީ މިއީ އިޒްރޭލުން ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ. ހަމަލާގައި ހަނިއްޔާ ޝަހީދުވެވަޑައިގެންފައިވާ ކަމަށާ ވަރަށް ހިތިކޮށް އެ ހަމަލާގެ ބަދަލު އިޒްރޭލުގެ ކިބައިން ހިފާނެ ކަމަށެވެ.

އިޒްރޭލުން ނައްތާލަން ބޭނުންވާ މީހުންގެ ތެރެއިން އެންމެ އިސް އެކަކީ ހަނިއްޔާ އެވެ. ނަމަވެސް މިހަަމަލާއަށް ފަހު އިޒްރޭލުން އަދި ވާހަކައެއް ނުދައްކަ އެވެ.

ހަނިއްޔާ އަަވަހާރަވުމާއި ގުޅިގެން އިސްލާމީ ގައުމުތަކުގެ ގިނަ ރައްޔިތުން ދަނީ ހިތާމަފާޅު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.