އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވަނީ

ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާއިރު ފަހަކަށް އައިސް ދިވެހި-އިންޑިއާގެ ގުޅުން ވަނީ ރަނގަޅުވާން ފަށާފަ އެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރު ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅުތައް ކުރައްވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޖައިޝަންކަރު

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. އެސް ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ. 

މިކަން އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި މިއީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގައި އިންޑިއާގެ އިސް އޮފިޝަލަކު ރާއްޖެއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.

މިނިސްޓަރު ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާނީ އަންނަ އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު، ތިން ދުވަހުގެ ދަތުރުފުޅެއްގަ އެވެ. މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބައްދަލު ކުރައްވާނެ އެވެ. 

ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާއިރު ފަހަކަށް އައިސް ދިވެހި-އިންޑިއާގެ ގުޅުން ވަނީ ރަނގަޅުވާން ފަށާފަ އެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރު ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅުތައް ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.