ދެވަނަ ކުއާޓަރު | ޑޮލަރުގެ އާމްދަނީ މަތިވުމުން ޖުމްލަ އާމްދަނީވެސް މައްޗަށް

އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގަ އެވެ. ޖީއެސްޓީއިން ލިބުނު އާމްދަނީ ވަނީ ދައުލަތުގެ އާމްދަނީގެ 56 ޕަސެންޓް ހިއްސާއެއް ކޮށްފަ އެވެ.

ރަށެއްގައި ޓޫރިސްޓުންނަށް ހިދުމަތްދޭން ތައްޔާރު ވަނީ : ޓޫރިޒަމް ޓެކްސް މިދިޔަ ކުއާޓަރުގައި ވަނީ އިތުރުވެފަ -- މިރާ

މި އަހަރުގެ ދެވަނަ ކުއާޓަރުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ލިބުނު ޑޮލަރުގެ އާމްދަނީ މަތިވުމާއެކު މިދިޔަ އަހަރަށް ވުރެ ޖުމްލަ އާމްދަނީ 13 ޕަސެންޓް މައްޗަށް ޖެހިލައިފި އެވެ. 

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މި ކުއާޓަރުގައި ޑޮލަރުން ލިބުނު އާމްދަނީއާއެކު ޖުމްލަކޮށް ލިބިފައިވަނީ 5.8 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާނަމަ 13 ޕަސެންޓުގެ އިތުރުވުމެކެވެ. ނަމަވެސް މިއީ ކުރިން ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއާ އަޅާކިޔާނަމަ 10.7 ޕަސެންޓުގެ ދަށްވުމެކެވެ. 

އާމްދަނީ ލިބުނު ބައިތައް

  • ޓެކުހުގެ އާމްދަނީ - 4.80 ބިލިއަން (13.1 ޕަސެންޓް އިތުރު)
  • ޓެކްސް ނޫން އާމްދަނީ - އެއް ބިލިއަން ރުފިޔާ (10.2 ޕަސެންޓް އިތުރު)

މިދިޔަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖެނެރަލް ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޖީއެސްޓީ ވަނީ ދައުލަތުގެ އާމްދަނީގެ 56 ޕަސެންޓް ހިއްސާއެއް ކޮށްފަ އެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 2.7 ބިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުގެ ގޮތުގަ އެވެ. އިންކަމް ޓެކުހުން ނިމިދިޔަ ކުއާޓަރުގައި 956 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 420.75 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. 

ޑޮލަރުގެ އާމްދަނީ 18.6 ޕަސެންޓް އިތުރު

މިދިޔަ ކުއާޓަރުގައި ޑޮލަރުގެ ގޮތުގައި 236 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ޑޮލަރުގެ އާމްދަނީގެ ތެރޭން ޓީޖީއެސްޓީއަށް މި މުއްދަތުގައި އިތުރުވެފައިވަނީ 23 މިލިއަން ޑޮލަރެވެ. އަދި ޓޫރިޒަމް ރެންޓުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 4.52 މިލިއަން ޑޮލަރު އިތުރުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.