ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަންކޮށްފި

ރައީސް އޮފީހުން ބުނީ، މި ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ފައިނޭންސްގެ ދާއިރާއާއި ގުޅޭ އެހެން މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސް ބާރުއަޅުއްވާފައިވާ ކަމަށެވެ.

އާ ގަވަރުނަރު، އަހުމަދު މުނައްވަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފަތްކޮޅު އަރުއްވަނީ --

އެމްއެމްއޭގެ ގަވަރުނަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އައްޔަން ކޮކޮށްފި އެވެ.

މުނައްވަރަށް މަގާމުގެ ފަތްކޮޅު އެރުއްވީ މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ފަތްކޮޅު އެރުއްވުމަށްފަހު ރައީސް ވަނީ މުނައްވަރާ ބައްދަލުކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ، މި ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ފައިނޭންސްގެ ދާއިރާއާއި ގުޅޭ އެހެން މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސް ބާރުއަޅުއްވާފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި މުނައްވަރު ވިދާޅުވެފައި ވަނީ ގައުމުގެ އިގްތިސޯދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރުމުގެ ކުރިން މުނައްވަރު ހުންނެވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގަ އެވެ. މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޭނާ ހުންނެވީ އެ މަގާމުގަ އެވެ. އޭނާ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރު ކަމުގެ މަގާމު ވެސް ފުރުއްވާފަ އެވެ.

މުނައްވަރު ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރަން އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ. މުނައްވަރު މި މަގާމަށް އައްޔަނުކޮށްފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ހާޝިމް، މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރާ ކަމަށް ބުނެ މަޖިލީހުން އޭނާ ވަކިކުރުމަށްފަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.