ދާއިމީ ކޮމެޓީއެއްގެ ގޮތުގައި "ގެދޮރުވެރިކަމާ ބެހޭ ކޮމެޓީ" އުފައްދައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އާ ކޮމެޓީއަށް މެންބަރުން އިންތިހާބު ކުރާނެ ގޮތާމެދު މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އައްސަވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ގެދޮރުވެރިކަމާ ބެހޭ ކޮމެޓީ އަށް މެންބަރުން އިންތިހާބު ކުރާނެ ކަމަށް ވަނީ ވިދާޅުވެފައި--

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން "ގެދޮރުވެރިކަމާ ބެހޭ ކޮމެޓީ" ގެ ނަމުގައި އާ ދާއިމީ ކޮމެޓީއެއް އުފައްދައިފި އެވެ.

މަޖިލީހުގެ ގަވާއިދުގެ ދަށުން ކުރިން އޮންނާނީ މަޖިލީހުގެ ދާއިރާގެ ތެރޭގައި އޮންނަ ދާއިމީ ތިން ކޮމެޓީއާއި، ދައުލަތުގެ އިދާރާތަކާ ބެހޭ ދާއިމީ 15 ކޮމެޓީ އެވެ. ނަމަވެސް އާ ގަވާއިދުގެ 115 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށް، ދައުލަތުގެ އިދާރާތަކާ ބެހޭ ދާއިމީ ކޮމެޓީތަކަށް ގެދޮރުވެރިކަމުގެ ކޮމެޓީ ވަނީ އިތުރުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އާ ކޮމެޓީއަށް މެންބަރުން އިންތިހާބު ކުރާނެ ގޮތާމެދު މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އައްސަވާނެ ކަމަށެވެ.

ގަވާއިދުގައި ބުނާ ގޮތުން މިކޮމެޓީގެ މަސްއޫލިއްޔަތުތަކަކީ، ގެދޮރުވެރިކަމާ ގުޅޭ ކަންކަން ދިރާސާ ކުރުމާއި، ބޯހިޔާވަހިކަމާ ގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް މަޖިލީހަށް ހުށަހެޅުމެވެ.

އެގޮތުން، ސަރުކާރުން ހިންގާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލައި، އެ މަޝްރޫއުތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތައް ދިރާސާކޮށް، އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ލަފާދިނުމާއި، އެ މަޝްރޫއުތައް އަވަހަށް ނިންމަން ސަރުކާރަށް ލަފާދިނުން ހިމެނެ އެވެ.

އޭގެ އިތުރުން، ގެދޮރުވެރިކަމާ ގުޅޭ ގޮތުން ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތައް ދިރާސާ ކުރުމާއި، އެ މައްސަލަތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދިނުން ވެސް މި ކޮމެޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ސަރުކާރުން ދޫކުރާ ފްލެޓް އަދި ގޯތީގެ މައްސަލަތައް އަބަދުވެސް ނުކުންނައިރު، މިފަދަ މައްސަލަތަކާ ގުޅިގެން ހައުސިން މިނިސްޓްރީ ވަރަށް ގިނައިން މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރު ކުރާން ޖެހެ އެވެ. ދެން މިފަދަ މައްސަލަތައް ބަލާނީ އަލަށް އުފެއްދި ގެދޮރުވެރިކަމާ ބެހޭ ކޮމެޓީންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.