ޒަޔާންގެ މަރު: ހަތަރު ކުއްޖަކަށް ދައުވާ، ދެ ކުދިން އިއުތިރާފު

މީގެ ތެރެއިން ދެ ކުއްޖަކު ކުށަށް އިއުތިރާފްވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތަށް އެދުމުން އެފަދަ އެއްބަސްވުމެއް ހަދާފައިވެ އެވެ.

ގްރޫމް މާރާމާރީއެއްގެ ތެރެއިން މަރާލާފައިވާ ޒަޔާން

އައްޑޫ ސިޓީގެ ހިތަދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގެ ތެރެއިން ސ. ފޭދޫ، ސޮލިޑް / މުހައްމަދު ޒަޔާން މޫސާ މަރާލި މައްސަލާގައި ހަތަރު ކުއްޖެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ މި މައްސަލައިގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ މިދިޔަ ބުރާސްފަތު ދުވަހު ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި 18 އަހަރު ނުފުރޭ އިތުރު ތިން ކުއްޖެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރި ވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.

މީގެތެރެއިން ދެ ކުއްޖަކު ކުށަށް އިއުތިރާފްވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތަށް އެދުމުން އެފަދަ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ މި މައްސަލައިގައި ތުހުމަތު ކުރާ 18 އަހަރުން މަތީގެ ފަސް މީހެއްގެ މައްޗަށް ފުލުހުން އަދި ވެސް ތަހުގީގު ހިންގަމުން އަންނަ ކަމަށެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ހަތަރު ކުދިންނާއި ތުހުމަތުކުރެވޭ ފަސް މީހުން ތިބީ ބަންދުގަ އެވެ.

އައްޑޫގައި ހިންގި މާރާމާރީއެއްގައި އުމުރުން 21 އަހަރުގެ ޒަޔާން މަރާލާފައި ވަނީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.