ނޫނުގެ އާރުޓީއެލް ދަތުރުތަކުގެ އަގުތައް އިއުލާނު ކޮށްފި

ޓްރާސްޕޯޓް މިނިސްޓްރީން މިއަދު ވަނީ ނޫނުގައި ފެރީ ދަތުރު ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތައް އިއުލާނު ކޮށްފަ އެވެ. ދެކޮޅު ދަތުރެއްގެ އެންމެ ބޮޑު އަގަކީ 180 ރުފިޔާ އެވެ.

އާރުޓީއެލް ލޯންޗެއް ރަށެއްގެ ބަނދަރު ގައި -- އެމްޓީސީސީ

ނ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ދަތުރު ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތައް އިއުލާނު ކޮށްފި އެވެ.

ރާއްޖެ ޓްރާސްޕޯޓް ލިންކު -- އާރުޓީއެލް ފެރީގެ ހިދުމަތް ޒޯން ދޭއްގެ ނޫނު އަތޮޅުގައި ހިދުމަތް ފެށީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އޮގަސްޓް ފުރަތަމަ ދުވަހުގެ ނިޔަލަށް ހިދުމަތް ދެނީ ހިލެ އެވެ. މި މުއްދަތުގައި ދަތުރުކުުރުމަށް ޖާގަ ހޯދުމަށް ގުޅަން ޖެހޭނީ އެ ރަށެއްގެ ކައުންސިލް އިދާރާ އަށެވެ.

ދަތުރުތަކަށް ފައިސާ ނަގަން ފަށާނީ އޮގަސްޓް ދެވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން ކައުންސިލްތަކުން ޖާގަ ދޫކުރުން ހުއްޓާލާނެ އެވެ.

އަދި ޓިކެޓް ނަގަން ޖެހޭނީ އެމްޓީސީސީން އެކަމަށް ހާއްސަކޮށްފައިވާ ޓްރެވަލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށެވެ. 

ޓްރާސްޕޯޓް މިނިސްޓްރީން މިއަދު ވަނީ ނޫނުގައި ފެރީ ދަތުރު ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތައް އިއުލާނު ކޮށްފަ އެވެ. ދެކޮޅު ދަތުރެއްގެ އެންމެ ބޮޑު އަގަކީ 180 ރުފިޔާ އެވެ.

އެމްޓީސީސީން ބުނީ ނޫނު ގައި ބޭނުން ކުރަނީ އެއް ފަހަރާ 50 މީހުންނަށް ދަތުރު ކުރެވޭނެ ދެ ލޯންޗު ކަމަށެވެ. މިއީ އެެއާ ކޮންޑިޝަން އުޅަނދުތަކެކެވެ. ދަތުރުތައް ފެށުމުގެ ކުރީން ކައްޕީންނާއި ފަޅުވެރީން ވަނީ ހާއްސަ ތަމްރީނުތަކެއް ހަދާފަ އެވެ.

މި ޒޯންގައި ވެސް ހަފްތާގެ ހަތް ދުވަހު ތިން ރޫޓެއްގައި ދަތުރުތައް އޮންނާނެ އެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް މިހާރު ވަނީ ނުވަ އަތޮޅެއްގައި ފަށާފަ އެވެ. އެއީ ހއ، ހދ، ށ، ނ، ޅ، ގއ، ގދ، ފުވައްމުލަކު އަދި އައްޑޫ ސިޓީގަ އެވެ. ބާކީ އޮތް 11 އަތޮޅުގައި ވެސް އެ ހިދުމަތް ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

މި ހިދުމަތަކީ ކުރީގެ ރަައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފެއްޓެވި ހިދުމަތެކެވެ. މިއީ ވަރަށް ބޮޑު ރޭވުންތެރިކަމަކާއި ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ފެށުނު މަސައްކަތެކެވެ.

ކޮމެންޓް

1
450
އާބިދާ
1 month ago

މައުލޫމާތު ވަރަށް މަދު. ރޫޓުތަކުގެ ތަފުސީލުވެސް ޖަހައެއްނުލާ. ހަމަ ހުރިހާ ނޫހަކުން އެއްވާހަަކައެއް. އެއްބަޔަކު އަނެއްބަޔަކަށް ކޮޕީކޮށްލައިގެން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.