ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ލުވޭޒު އައްޔަނު ކުރައްވައިފައި ވަނީ މެއި ހަތްވަނަ ދުވަހު އެވެ.
ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ލުވޭޒު އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސް ތާމަން ޝަންމުގަރަތުނަމް އަށް މިއަދު އަރުވައިފި އެވެ.
ފަތްކޮޅު އެރުވުން އޮތީ ސިންގަޕޫރުގެ ރިޔާސީ ގަނޑުވަރު، އިސްތާނާގައެވެ.
ފަތްކޮޅު އެރުވުމަށް ފަހު ސިންގަޕޫރުގެ ރައީސް ވަނީ ލުއިޒްއާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ސިންގަޕޫރުގެ ރައީސަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސް ކުރެއްވިއެވެ. އަދި ސިންގަޕޫރާއި ދިވެހިރާއްޖެ އާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ލުވޭޒު އައްޔަނު ކުރައްވައިފައި ވަނީ މެއި ހަތްވަނަ ދުވަހު އެވެ.
ލުވޭޒު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަން ކުރައްވާފަ އެވެ.