ކުރީގެ ދެބަންޑާރަ ނާއިބުން އިސްވެ ތިއްބަވާ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑާއި ދައުލަތް ހިންގުމުގެ ދިރާސާއެއް ހައްދަވަނީ

މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ތަސްދީގު ކުރެއްވިއިރު ބަންޑާރަ ނާއިބަކަށް ހުންނެވީ އާޒިމާ އެވެ. އޭގެ ފަހުން އުފެދުނު ސަރުކާރުގައި ފުރަތަމަ ބަންޑާރަ ނާއިބުކަން ކުރެއްވި ބޭފުޅަކީ ދިޔާނާ އެވެ.

ކުރީގެ ދެ ބަންޑާރަ ނާއިބުން

ކުރީގެ ދެބަންޑާރަނާއިބުން ކަމުގައިވާ އާޒިމާ ޝަކޫރާއި ދިޔާނާ ސައީދު އިސްވެ ތިއްބަވައިގެން، ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑާއި އެ އޮނިގަނޑުގެ ދަށުން ދައުލަތް ހިންގުމުގެ ދިރާސާއެއް ހައްދަވަން ނިންމަވައިފި އެވެ.

"ދަމިރާ" އަށް މައުލޫމާތު ދެއްވަމުން، އެބޭފުޅުން ވިދާޅުވީ، މިއީ އިލްމީ އަދި ފަންނީ މަސައްކަތެއް ކަމުގައެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަން ނިންމީ ގައުމީ ހިދުމަތެއްގެ ގޮތުގައި. އަދި ގާނޫނުއަސާސީ ތަސްދީގު ކުރެވިގެން މިހިނގާ 16 އަހަރުގެ ތެރޭގައި އެކަށީގެންވާ ދިރާސާއެއް ކުރެވިފައިނުވާތީ އާއި އަދި ރާއްޖޭގެ ދުސްތޫރީ މުސްތަގްބަލުގެ ރާސްތާ ކަނޑައެޅުމުގައި މިފަދަ ދިރާސާއެއް ކުރެވި، ދިވެހިރާއްޖޭގެ ތަޖުރިބާ އާއި، ދުނިޔޭގެ އެހެން ގައުމުތަކުގެ ތަޖުރިބާވެސް ބަލައިލުލަމީ މުހިންމުކަމެއް ކަމުގައި ދެކޭތީ. އަދި މިފަދަ ކަންކަމުން ތަޖުރިބާ ލިބިގަނެގެން ދުސްތޫރީ މުސްތަގުބަލު ކަނޑައެޅުމަކީ ގައުމަށް އެންމެ ފައިދާވާނޭ ގޮތްކަމުގައިވެސް ފެނިގެން،"

މީގެ އިތުރުން ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވި، އަދި ގާނޫނުއަސާސީ ތަންފީޒުކުރުމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ބައެއްގެ ހައިސިއްޔަތުން، މިފަދަ މަސައްކަތެއްކޮށް، ލިޔެ، ރިކޯޑުކޮށް، މިހާރުގެ ދިވެހި މުޖްތަމައަށާއި، ކިޔަވާކުދިންނަށާއި އަދި މުސްތަގްބަލަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމުގައި ދެކޭތީ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި މަސައްކަތުގައި ގާނޫނުއަސާސީގައި ބަޔާންކުރާ ހަމަތަކާއި ދައުލަތް ހިންގުމުގައްޔާއި ގާނޫނުއަސާސީއަށް އަމަލުކުރުމުގައި ކަންކަން ހިނގާފައިވާގޮތް ދިރާސާކޮށް މުސްތަގްބަލް އޮންނަން ވާނޭ ގޮތް ކަމަށް އަޅުގަނޑުމެން ދެކޭ ގޮތުގެ ތަސައްވުރަށް ވާސިލުވުމުގައި ގާނޫނީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކަށް އަލިއެޅުވުމަށް ގަސްދު ކުރަން،"

ކުރީގެ ދެ ބަންޑާރަ ނާއިބުން

މި މަސައްކަތަކީ ދުސްތޫރީ އިލްމަށް ހާއްސަ ރާއްޖެއިން ބޭރުގެ ފަސް ތަޖުރިބާކާރުންނާ އެކު، ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

އަދި މިމަސައްކަތުގެ، ދިވެހިރާއްޖޭގެ އިލްމީ މަންސަ (ޕްލެޓްފޯމް) އަކީ މޯލްޑިވްސް ސެންޓާ ފޯ ޕޮލިސީ ސްޓަޑީޒް -- އެމްވީ ޕޮލިސީ އެވެ. މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި އެކިދާއިރާތަކުގެ ތަޖުރިބާކާރުންނާއި އަދި އާންމު ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާއާއި ހިޔާލު ހޯދުމަށް ރޭވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިދިރާސާގެ މައުލޫމާތު ހާމަކުރުމަށް އަންނަ ހަފްތާގެ ތެރޭގައި ޖަލްސާއެއް ބޭއްވުމަށް މިހާރު ވަނީ ނިންމާފަ އެވެ. 

މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ތަސްދީގު ކުރެއްވިއިރު ބަންޑާރަ ނާއިބަކަށް ހުންނެވީ އާޒިމާ އެވެ. އޭގެ ފަހުން އުފެދުނު ސަރުކާރުގައި ފުރަތަމަ ބަންޑާރަ ނާއިބުކަން ކުރެއްވި ބޭފުޅަކީ ދިޔާނާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.