މާލިއްޔަތު ކޮމެޓީއަށް އާސަންދައިން ފުރިހަމައަށް މައުލޫމާތު ދޭން އަންގައިފި

މާލިއްޔަތު ކޮމެޓީން ވަނީ އާސަންދައަށް ފުރަަތަމަ މައިތިރިކޮށް މައުލޫމާތު ހޯދަން ހުށަހަޅަން އެދެން ނިންމާފަ އެވެ. އަދި ނުދީފިނަމަ އަމުރު ނެރޭނެކަމުގެ އިންޒާރު މުގައްރިގު ސަލީމް ދެއްވި އެވެ.

އާސަންދަ އޮފީސް : ފުރިހަމައަށް މައުލޫމާތު ނުދީގެން މަޖިލީހުގައި ވަނީ ނުތަނަވަސްކަން އުފެދިފަ

މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް އާސަންދަ ކުންފުނން ފުރިހަމައަށް މައުލޫމާތު ދޭން އަންގައި، އެ ކުންފުންޏަށް ސިޓީއެއް ފޮނުވަން ކޮމެޓީން ނިންމައިފި އެވެ. 

މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މާލިއްޔަތު ކޮމެޓީގެ މެންބަރުން ވަނީ އާސަންދަ ކުންފުނިން އެ ކޮމެޓީން އެދޭ ބައެއް މައުލޫމާތު ފުރިހަމަ އަށް ނުދޭކަމަށް ތުހުމަތުކޮށްފަ އެވެ. މި މައްސަލާގައި މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންވާ ޕީއެންސީ އާއި އެމްޑީޕީގެ މެންބަރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. 

މި މައްސަލާގައި މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މިހާރުގެ ހާލަތުން ކަމެއް ރަނގަޅު ކުރަން އެނގޭނީ ވެސް ފުރިހަމަ އަށް މައުލޫމާތު ލިބިގެންނެވެ. އެހެންވެ ފުރިހަމަ އަށް އާސަންދަ އިން މަޖިލީހަށް މައުލޫމާތު ހިއްސާ ކުރަން އޭނާ އެދިލެއްވި އެވެ. 

އާސަންދަގެ މައްސަލާގައި މާލިއްޔަތު ކޮމެޓީގައި ނުތަނަވަސްކަން އުފެދިފައިވަނީ އެ ކުންފުނިން މަޖިލީހަށް ފޮނުވި ބައެއް މައުލޫމާތުތަކުގައި ބައެއް ވެންޑަރުންގެ މައުލޫމާތާއި ނުދީހުރި ފައިސާގެ މައުލޫމާތު ހިއްސާކުރަން އުޒުރުވެރިވާ ކަމަށް ބުނެފައިވާތީ އެވެ. މި މައްސަލާގައި އެމްޑީޕީގެ މެންބަރުން ވަނީ އާސަންދަ އިން އެ މައުލޫމާތު ހިއްސާ ކުރަން ޖެހޭނެ ކަމަށާ ހިއްސާކުރާއިރު ސިއްރުކުރަން ބޭނުންވާ މައުލޫމާތުގައި "ސިއްރު" ޖެހުމުން ފުދޭނެ ކަމަށް ބުނެފަ އެވެ. 

މާލިއްޔަތު ކޮމެޓީގެ މުގައްރިރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ސަރުކާރުގެ ކޮންމެ ކުންފުންޏަކުންވެސް މާލިއްޔަތު ކޮމެޓީން އެނގުމުން އެ މައުލޫމާތު ދޭން މަޖުބޫރުވާނެ އެވެ. 

" އާސަންދަ އިން ދޭން ޖެހޭނެ ހުރިހާ މައުލޫމާތެއް. ވަކިވަކިން އެތެރެއަށް ދައްކަން ޖެހޭ ފައިސާގެ އަދަދާއި ބޭރަށް ދައްކަން ޖެހޭ ފައިސާ އެއް ވިޔަސް. ވަކި ކްލިނިކް ތަކަށް ދައްކަން ޖެހޭ ފައިސާއެއް ވިޔަސް،" ސަލީމް ވިދާޅުވި އެވެ. 

ސަލީމް ވަނީ އާސަންދައިން ހޯދަން ޖެހޭ ފުރަތަމަ "މައިތިރިކޮށް" އެދެން އޭނާ ހުށަހެޅުއްވި އެވެ. އަދި އެ މައުލޫމާތު ނުދީފިނަމަ އަމުރެއް ފަހުން ނެރެން ޖެހޭނަމަ އެކަން ކުރައްވާނެ ކަމަށް ސަލީމް ވިދާޅުވި އެވެ. 

އާސަންދައިން ކޮމެޓީ އަށް ދިން އާއްމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ 17 ނޮވެމްބަރުގެ ނިޔަލަށް ހިދުމަތް ދީފައިވާ ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ އަދަދު 800 މިލިއަން ރުފިޔާއަށްވުރެ މައްޗެވެ. ދޭން ޖެހޭ ފައިސާގެ ބޮޑު މައްސަލައެއް އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭއިން ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. އެ ކުންފުންޏަށް އެކަނި ދޭން ޖެހޭ ފައިސާގެ އަދަދު 150 މިލިއަން ރުފިޔާއަށްވުރެ މައްޗެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.